Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވެޓަރަންސް މުބާރާތުގެ ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ ލަތީފް އަދި ލިފާއުގެ ޕެއާ އިން

ޑަބަލްސް އިވެންޓުގެ ފައިނަލްގައި ލަތީފް އަދި ލިފާއުގެ ޕެއާ ނިކުމެފައި ވަނީ އަފީފުންނިސާ އަދި އަޙުމަދު ހާމިދުގެ ޕެއާއާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ފެބުރުއަރީ 2025 | އާދީއްތަ 04:26
މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ޕެއާގެ ކުޅުންތެރިޔަކު

މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ޕެއާގެ ކުޅުންތެރިޔަކު

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ، "ކެރަމް ވެޓަރަންސް ޗެމްޕިއަންޝިޕް" ގެ ދެ ވަނަ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ޙަސަން ލަޠީފް އަދި އިބްރާހީމް ލިފާއުގެ ޕެއާ އިން ކާމިޔާބު ކޮށްފި އެވެ.

މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ވަނީ ދެ އިވެންޓަކަށެވެ. އެއީ އޯޕަން ސިންގަލްސް އަދި އޯޕަން ޑަބަލްސް އެވެ. މީގެ ތެރެއިން ޑަބަލްސް އިވެންޓުގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލްގައި ލަތީފް އަދި ލިފާއުގެ ޕެއާ ނިކުމެފައި ވަނީ އަފީފުންނިސާ އަދި އަޙުމަދު ހާމިދުގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗު ލަތީފް އަދި ލިފާއުގެ ޕެއާ އިން ކާމިޔާބު ކުރީ ދެ ސެޓު އެެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އަފީފުންނިސާ އަދި ހާމިދުގެ ޕެއާ އިން ކާމިޔާބު ކުރީ 25-16 އިންނެވެ. ނަމަވެސް ލަތީފް އަދި ލިފާއު ވަނީ ދެން ކުޅުނު ދެ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. އެއީ ދެ ވަނަ ސެޓު 21-24 އަދި ތިން ވަނަ ސެޓު 05-24 އިންނެވެ.

ޑަބަލްސް އިވެންޓުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ ޢަބްދުﷲ އިސްމާއީލް އަދި އިބްރާހީމް މޫސާގެ ޕެއާ އާއި، އިބްރާހީމް މުޙައްމަދު އަދި އާމިރުގެ ޕެއާ އެވެ. މި މެޗު ޢަބްދުﷲ އިސްމާއީލް އަދި އިބްރާހީމްގެ މޫސާގެ ޕެއާ އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ދެ ސެޓު ވެސް 25-00 އިންނެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފައިނަލް މެޗު އާދީއްތަ ދުވަހު ކުރިއަށް ދާނެ އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2025

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި
12 ޖުލައި 2025

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ
03 ޖުލައި 2025

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް
02 މާރިޗު 2025

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން
04 ފެބުރުއަރީ 2025

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު