Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް

ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިންނަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށް

ކުއާޓާ ފައިނަލާ ހަމަ އަށް ދެވުނީ އަޒްމީން އަދި ވިދާދު އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2024 | ބުރާސްފަތި 06:16
ސިންގަލްސް އިވެންޓުގައި ރާއްޖޭގެ އަޒްމީން ކުޅެނީ

ސިންގަލްސް އިވެންޓުގައި ރާއްޖޭގެ އަޒްމީން ކުޅެނީ

ރާއްޖޭގައި ކުރިއަށްދިޔަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓުގައި، ރާއްޖޭގެ ކުޅުންތެރިންނަށް ކުއާޓާ ފަައިނަލާ ހަމައިން މުބާރާތް ނިންމާލަން ޖެހިއްޖެ އެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގެ މެޗުތައް ކުރިއަށް ދިޔައީ ބުދަ ދުވަހު އެވެ. މުބާރާތުގެ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލާ ހަމައަށް ދެވުނީ ރާއްޖޭގެ ދެ ކުޅުންތެރިންނަށެވެ. އެއީ އިސްމާއީލް އަޒްމީން އަދި އާމިނަތު ވިދާދު އެވެ.

ކުއާޓާ ފައިނަލްގައި އަޒްމީން ވާދަކޮށްފައި ވަނީ އިންޑިއާގެ ކޭ ސްރިނަވާސްއާ އެވެ. އޭނާ އާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗު އަޒްމީން ބަލިވީ، ސީދާ ދެ ސެޓުންނެވެ. އިންޑިޔާގެ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން، ސްރިނިވާސް މި މެޗުގެ ސެޓުތައް ގެންދިޔައީ 25-13 އަދި 25-09 އިންނެވެ.

ކުއާޓާ ފައިނަލްގައި ވިދާދު ވާދަކޮށްފައި ވަނީ އިންޑިއާގެ ކޭ ނާގަަޖޯތީއާ އެވެ. އެ މެޗުން ވިދާދު ބަލިވެފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވިދާދު ކާމިޔާބު ކުރީ 25-24 އިންނެވެ. ނަމަވެސް އިންޑިއާގެ ކޭ ނާގަަޖޯތީއާ ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 04-25 އަދި 11-25 އިންނެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ގަފްރާން އެވެ. ފައިނަލްގައި އޭނާ ވަނީ އިންޑިއާގެ ސްރިނިވާސް ބަލިކޮށްފަ އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ރާޝްމީ ކުމާރީ އެވެ.

މި މުބާރާތުގެ ޓީމު އިވެންޓު އަދި ޑަބަލްސް އިވެންޓުގައި ރާއްޖެ އިން ވަނީ މެޑަލް ހޯދައިފަ އެވެ. ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އަޒްމީން އަދި ޙަސަން ނާޒިމް (ނާނަ) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ޓީމު އިވެންޓުގައި ވެސް ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އެ ބައިގައި އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ، 11 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން ބައިވެރިވި އެވެ. މުބާރާތުގައި ޖުމުލަ 100 އެއްހާ ކުޅުންތެރިން ވާދަކުރި އެވެ.

މުބާރާތުގައި ވާދަކުރި ޤައުމުތަކަކީ ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ އެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިން ވެސް ވަނީ ވާދަކޮށްފަ އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއޭޝިއަން ކެރަމް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު