Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް 2024

ކެރަމް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ޤައުމީ ކެރަމް ޓީމަށް ހޫނު މަރުޙަބާއެއް

މުބާރާތުގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ދެ ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 03:40
ޤައުމީ ކެރަމް ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ޤައުމީ ކެރަމް ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

މިއަހަރުގެ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޤައުމީ ކެރަމް ޓީމު އެނބުރި ރާއްޖެ އައުމުން، ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

އެމެރިކާގެ ކެލަފޯނިއާގައި ކުރިއަށް ދިޔަ މުބާރާތުގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ކެރަމް ޓީމު ވަނީ ވާދަކޮށްފަ އެވެ. ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުގައި ހިމެނެނީ ޙަސަން ނާޒިމް، އިބްރާހީމް ހުޖާން އަލީ، އިސްމާއީލް އަޒްމީން އަދި މުޙައްމަދު މުންތަސިރު އެވެ. އަދި ރާއްޖޭގެ ޤައުމީ އަންހެން ޓީމުގައި ހިމެނެނީ އާމިނަތު ވިދާދު، އައިޝަތު ނައުފާ، އައިޝަތު ފައިނާޒް އަދި ފާތިމަތު ރަޔާނާ އެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ދެ ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ދެ ޓީމަށް ވެސް ޓީމު އިވެންޓުގެ ސެމީ ފައިނަލް އިން ފުރުސަތު ލިބުނުއިރު، ސެމީ ފައިނަލްގައި ނާކާމިޔާބުވެފައި ވަނީ ސްރީ ލަންކާއާ ވާދަކޮށެވެ. ތިން ވަނަ ހޮވަން ކުޅުނު މެޗުގައި އަންހެން ޓީމުން ވަނީ މުބާރާތް ބޭއްވި ޤައުމު އެމެރިކާ ބަލިކޮށްފަ އެވެ. އަދި ފިރިހެން ޓީމުން ވަނީ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ސިންގަޕޫރު ބަލިކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގައި ރާއްޖޭގެ ޤައުމީ ފިރިހެން ޓީމަށް މެޑައްޔެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެ ހަވީރު ޤައުމީ ކެރަމް ޓީމު ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ) އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) އެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުން ވެސް ވަނީ ޓީމަށް މަރުޙަބާ ދެންނެވުމުގައި ބައިވެރިވެފަ އެވެ.

މިއަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއިން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ. އެގޮތުން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އަދި ޙަސަން ނާޒިމް ރިހި މެޑަލް ހޯދި އެވެ. ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްކެރަމް ވާރލްޑް ޗެމްޕިއަންޝިޕް 2024

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު