Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓްރީ

ހަތަރު ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޔޫތު މިނިސްޓްރީން ދަނީ ގިނަ އަދަދެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރަމުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 25 މެއި 2023 | ބުރާސްފަތި 10:28
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ހަތަރު ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށް، ޔޫތު މިނިސްޓްރީން ރަސްމީކޮށް މަސައްކަތް ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި ކޮންޓްރެކްޓަރުންނާއެކު ސޮއިކުރެވިފައިވަނީ، ވޭވަށާއި މުލީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، ރަސްދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތުގެ އިތުރުން މަގޫދޫ އައުޓްޑޯރ ވޮލީކޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށެވެ.

ވޭވަށާއި މުލީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރު އަހުމަދު ފުއާދެވެ. އޯޓެކްސް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ޔާފިއު ހަސަން ހަބީބެވެ. ވޭވަށު ދަނޑުގެ މަސައްކަތުގެ އަގަކީ2،958،891.24(ދެމިލިއަން ނުވަލައްކަ ފަންސާސް އަށްހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ, ސައުވީސް ލާރި) އެވެ. އަދި މުލީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ2،937،291.24(ދެމިލިއަން ނުވަލައްކަ ތިރީސް ހަތްހާސް ދުއިސައްތަ ނުވަދިހަ އެއް ރުފިޔާ، ސައުވީސް ލާރި) އަށެވެ. ދެ ދަނޑުގެ މަސައްކަތްވެސް ނިންމުމަށް ދީފައިވަނީ 40 ދުވަހެވެ.

ރަސްދޫ ފުޓުބޯޅަ ދަނޑުގެ ލައިޓިންގ މަސައްކަތް ހަވާލުކޮށްފައިވަނީ ތިހްނާން އިންވެސްޓްމެންޓާއެވެ. 44 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ އަގަކީ2،575،720.23(ދެމިލިއަން ފަސްލައްކަ ހަތްދިހަ ފަސްހާސް ހަތްސަތޭކަ ވިހި ރުފިޔާ، ތޭވީސް ލާރި) އެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދެވެ. ތިހްނާން އިންވެސްޓްމެންޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު، އަރުޝަމް އަބްދުއްރަހީމެވެ.

މަގޫދޫ ވޮލީކޯޓް ތަރައްގީކުރުމުގެ މަސައްކަތް، މެގަ ލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ1،374،178.01(އެއްމިލިއަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އެއްސަތޭކަ ހަތްދިހަ އަށް ރުފިޔާ، އެއްލާރި) އަށް، 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދު ސޮއިކުރެއްވިއިރު، މެގަ ލިންކްސް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އަލީ ޒާހިދެވެ.

ޔޫތު މިނިސްޓްރީން ކުރިޔަށްގެންދާ މަޝްރޫތަކުގެ ތެރެއިން، އަންގާރަ ދުވަހުވެސް ވަނީ ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައެވެ.

ޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
06 އޯގަސްޓު 2025

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ
03 ޖެނުއަރީ 2024

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

03 ޖެނުއަރީ 2024
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު