Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްޓާޓަޕް ގްރާންޓް

ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

25 މެއި 2023 | ބުރާސްފަތި 09:35

މި އަހަރު 2 ވިޔަފާރިއެއް ހޮވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 މެއި 2023 | ބުރާސްފަތި 09:35
ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދުމުގެ ފުރުސަތު ހުޅުވާލުން

ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދުމުގެ ފުރުސަތު ހުޅުވާލުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2023 ވަނަ އަހަރުގެ 'ބީއެމްއެލް ސްޓާޓަޕް ގްރާންޓް' އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ. މި އަހަރު ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެއެވެ.

ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 2 ޖުލައި 2023 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ހަރުދަނާ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.   

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީއެމްއެލް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް