Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ޙަމަލާ

މެއި 6 ޙަމަލާ: ނަޝީދުގެ އިތުރު ހަށިފާރަވެރިއެއްގެ ހެކިބަސް ނަގައިފި

އެއީ ޙާދިސާ ހިނގި ދުވަހު ނަޝީދުގެ ޕަރސަނަލް ސެކިއުރިޓީ އޮފިސަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 މެއި 2023 | އަންގާރަ 09:23
އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

މި އަޑުއެހުމުގައި ދައުލަތުގެފުރަތަމަހެއްކެއްގެ ގޮތުގައި ހާޒިރުކުރީ ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ޙަރަކާތްތެރިވި ފަރާތެކެވެ.

ދެންވެސް ހާޒިރުކުރީ ސެކިއުރިޓީ ދިނުމުގައި އުޅުނު އޮފިސަރެކެވެ. އެއީ ޙާދިސާ ހިނގި ދުވަހު ނަޝީދުގެ ޕަރސަނަލް ސެކިއުރިޓީ އޮފިސަރެވެެެ.

އޭނާ ބުނީ، ޙާދިސާ ހިނގި ވަގުތު ބާރުގަޑަ އަޑެއް އިވުނު ކަމަށާއި، ނަޝީދު ބިންމައްޗަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށެވެ.

ނަޝީދު އަތްމައްޗަށް ލައިގެން ވީއައިޕީ ކާރަށް އެރުވި ކަމަށާއި، އެ ކާރު ނުދުއްވުމުން، ފަހަތުގައި އޮތް ބެކަޕް ކާރަށް އެރުވިކަމަށް އޭނާ ބުންޏެވެ.

ބެކަޕް ވެހިކަލަށް އަރުވައިގެން އޭޑީކޭއަށް ދިއުމާމެދު ހޭދަވެފައިވާނީ ފަސް ވަރަކަށް މިނެޓުކަމަށް އޭނާ ބުންޏެވެ.

ނަޝީދުގެ ހަށިކޮޅުގައި ގިނަ އަދަދެއްގެ ލޭ ހުރިކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، ހެކިވެރިޔާގެ އަތާއި ކަނދުރާއަށްވެސް އަނިޔާތަކެއްވިކަމަށް ހެކިބަސް ދެމުން އޭނާ ބުންޏެވެ.

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މި ހެކިވެރިޔާއާއި އަދި އަންގާރަ ދުވަހު ތާވަލު ކުރެވިފައިވާ އިތުރު ދެ ހެކިންނަކީވެސް ވަކި މިންވަރަކަށް ރައްކާތެރި ކުރުމަށް ޝަރީއަތުން އަމުރުކޮށްފައިވާ ހެކިން ކަމަށާއި، ވުމާއެކު ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށެވެ.

ވުމާއެކު، އަޑުއެހުމުގެ ބާކީ ބައި ވަނީ ސިއްރުކޮށްފައެވެ.

ކްރިމިނަލް ކޯޓްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު