Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުއުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން

"ކަނޑުއުޅަނދުގެ ސަރވޭ ކުރާ އިރު ވަސީލަތްތައް ހަމަކުރުމަށް ފަހު، ފަހުން ބަދަލުކުރާ މައްސަލަ ބޮޑު"

21 މެއި 2023 | އާދީއްތަ 14:04

ސަލާމަތީ ޤަވާއިދު އެކުލަވާލީ 2015ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 މެއި 2023 | އާދީއްތަ 14:04
އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ ހުސެއިން ނަޒީރު

އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ ހުސެއިން ނަޒީރު

ކަނޑުއުޅަނދުގެ ސަރވޭ ކުރާ އިރު ވަސީލަތްތައް ހަމަކުރުމަށް ފަހު، ފަހުން ބަދަލުކުރާ މައްސަލަ ބޮޑުކަމަށާއި އެފަދަ އަމަލުތަކުން އުޅަނދުތައް ނުރައްކަލަށް ހުށަހެޅޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ ސަލާމަތީ ޤަވާއިދު 2015 އިގައި ގެޒެޓްކޮށްފައި ވަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ ގަވާއިދު ތަންފީޒުކުރުމުގެ ކުރިން ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާާއި އެ ގަވާއިދު ތަންފީޒުކުރަން ފަށާފައި ވަނީ ވެސް މަޑުމަޑުން ފަހަރަކު ކަމެއް ތާވަލްކޮށްގެން ކަަމަށެވެ.

އެ ގަވާއިދަށް 8 އަހަރުވި އިރު ވެސް އުޅަނދުފަހަރުގެ ކަންކަން ހުންނަން ޖެހޭ ގޮތް ނޭނގޭ ކަމަށް ބުނާ ކަމަށާއި، އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އުޅަނދުފަހަރު އެހެލާ މަރާމާތުކުރުމާއި، ސަރވޭ އާއި ގުޅުން ހުރި ކަންކަން ހިމެނޭ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ކޮންމެ އުޅަނދަކަށް ވެސް ސަރވޭގެ ކުރިން އަލަށް އެކުލަވާލާ ގަވާއިދުތަކާއި އުސޫލުތަކުގެ މައުލޫމާތު ދެމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މެރިން ވީއެޗްއެފް ފަދަ ވަސީލަތްތަކަކީ އުޅަނދުގެ ސަލާމަތަށްޓަކާ ވަރަށް މުހިންމު ވަސީލަތްތައް ކަމަށާއި، ކަނޑުމަތީގެ ހާދިސާއެއް ހިނގައިގެން ބަލާ އިރު އެފަދަ ވަސީލަތްތައް އުޅަނދުގައި ނެތުމަކީ ދިމާވާ މައްސަލަ އެއް ކަމަށެވެ. ނަމަވެސް ކޮންމެ އުޅަނދަކަށް ވެސް ދޭންވާ ހުއްދަތައް ދެނީ އުޅަނދުގައި ހުންނަން ޖެހޭ ވަސީލަތްތައް ފުރިހަމަ އަށް ހުރިކަން ޔަގީން ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން ސަރވޭ ކުރަން ދާ އިރު ތަކެތި ހަމަކޮށްފައި ބެހެއްޓި ނަމަވެސް އާއްމުކޮށް އުޅަނދު ދުއްވާއިރު ސަލާމަތީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ބަހައްޓަން އިސްކަން ނުދޭ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަަޒީރު ވިދާޅުވީ ރާއްޖޭގައި ހުރިހާ އުޅަނދެއްގައި ދަތުރަށް ފުރާއިރު މެރިން ވީއެޗްއެފް ސިސްޓަމް ހުރެއްޖެ ނަމަ އެއީ ހުރިހާ އުޅަނދުތަކެއްގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ލައިފްޖެކެޖްޓާއި، މީހުން އުފުލާނަމަ ބޮޔަންޓް އަޕަރޭޓަސް ހުންނަން ޖެހޭ ކަމަށާއި އެއީ ވެސް ސަލާމަތީ ގޮތުން މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ވަރަށް ގިނަ ފަހަރު އެއީ އަގުބޮޑު ކަމެއް ކަމަށް ބުނެ ނުކޮށް ދޫކޮށްލާތަން ފެންނަ ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަަމަށް ނަޒީރު ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
07 ޖުލައި 2025

ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް

07 ޖުލައި 2025
ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް