Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުގައި ދުއްވާ އުޅަނދުފަހަރު

ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ ތިން ގަވާއިދަކަށް މިއަހަރު ތެރޭ އަމަލުކުރަން ފަށާނެ: ޓްރާންސްޕޯޓް މިނިސްޓްރީ

17 މެއި 2023 | ބުދަ 03:09

އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެކަމުގެ ތަމްރީނާއި ތައުލީމު ފުރިހަމައަށް ލިބިފައިވާ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މެއި 2023 | ބުދަ 03:09
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި ގުޅޭ 3 ގަވާއިދެއް ގެޒެޓްކޮށް މިއަހަރު ތެރޭގައި އަމަލުކުރަން ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ 2015 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ބެހޭ ގަވާއިދަށް އަމަލުކުރަން ފެށިފަހުން ފާހަގަވި ކަންކަމަށް ބެލުމަށްފަހު އެކުލަވާލި މިގަވާއިދުތައް ތަންފީޒުވެގެންދާއިރު އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެކަމުގެ ތަމްރީނާއި ތައުލީމު ފުރިހަމައަށް ލިބިފައިވާ މީހުންކަމަށެވެ.

Advertisement - newsAdvertisement

އަމަލުކުރަން ފަށާ ގަވާއިދުތަކުގެ ތެރެއިން އެއް ގަވާއިދަކީ ފަޅުވެރިންގެ ތަމްރީނާއި ތައުލީމާއި އެކަން ފުރިހަމަކުރުމާއި ގުޅޭ ގަވާއިދެއްކަމަށް ނަޒީރު ވިދާޅުވިއެވެ.

ދެވަނަ ގަވާއިދަކީ ކަނޑުދަތުރުކުރާ އުޅަނދުތަކަށް ލައިސަންސް ދިނުމާއި ގުޅޭ ގަވާއިދެއްކަމަށާއި މިގަވާއިދަށް ޖުލައި 15 ގައި އަމަލުކުރަން ފަށާނެކަމަށް ނަޒީރު ވިދާޅުވިއެވެ. މިގަވާއިދުގެ ދަށުން ވަރަށް ގިނަ ބަދަލުތަކެއް އަންނާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

ތިން ވަނަ ގަވާއިދަކީ މިމަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފަށާ މުދާ ބަރުކުރުމާއި މުދާ އުފުލުމާއި ބެހޭ ގަވާއިދެވެ. މިގަވާއިދުގައި ބޮޑަށް އަލިއަޅުވާލާފައިވާނީ މުދާ ބަރުކުރާނެ ގޮތްތަކާއި މުދާ އުފުލާ އުޅަނދުފަހަރުގައި ތިބެންޖެހޭ ފަޅުވެރިންނާއި އެމީހުންގެ ތަމްރީނުތައް ހަމަޖެހިފައިވާ ގޮތެވެ. އުޅަނދުގައި މުދާ ޖަހާނެ ގޮތާއި ތެލާއި ގޭސް އުފުލާ އުޅަނދުފަހަރު ހުންނަންޖެހޭނެ ގޮތްތައް ބަޔާންކޮށްފައިވާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ބަލާ ގަވާއިދުތަކަށް ބަދަލުތައް ގެނެސްފައިވާކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް