Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލިވަޕޫލްއަށް މުހިއްމު މޮޅެއް، ލެސްޓާ ނުރައްކަލުގެ ތެރެއަށް

16 މެއި 2023 | އަންގާރަ 08:25

ލީގުގައި ދެ ޓީމަށްވެސް ބާކީ އޮތީ މުހިއްމު ދެ މެޗު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 16 މެއި 2023 | އަންގާރަ 08:25
ލިވަޕޫލްގެ ކާޓިސް ޖޯންސް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ލިވަޕޫލްގެ ކާޓިސް ޖޯންސް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ލިވަޕޫލަށް މުހިއްމު މޮޅެއް ލިބުނުއިރު، ލެސްޓާ ރެލިގޭޓްވުމާ ގާތަށް ޖެހިލައިފިއެވެ.  

ހޯމަ ދުވަހުގެ ރޭގައި ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ލެސްޓާ އާ ލިވަޕޫލް ބައްދަލުކުރިމެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލްއެވެ. މިއާ އެކު ލިވަޕޫލްއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އިތުރު ހިތްވަރެއް ލިބޭއިރު، 19 ވަނައިގައި އޮތް ލެސްޓާ ރެލިގޭޓްވުމުގެ ބިރު އިތުރުވެއެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ޖަހާދިނީ ކާޓިސް ޖޯންސްއެވެ. އޭގެ ތިން މިނެޓު ފަހުން ސަލާހު ތަނަވަސްކޮށްދިން އިތުރު ފުރުސަތަކުން ކާޓިސް ޖޯންސް ވަނީ އިތުރު ލަނޑެއް ޖަހާ، ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑަކާއެކު ހަމަޖެހިލައިގެން ފުރަތަމަ ހާފު ނިންމާލި ލިވަޕޫލްއިން ދެވަނަ ހާފުވެސް ފެށީ މެޗުގެ ފުރިހަމަ ކޮންޓްރޯލްއާއެކުއެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ސަލާހް މަޑުމަޑުން ޖައްސާލުމުން، ގޯލުގެ މަތީ ކަނަށް ފޮނުވާލީ އާނޯލްޑެވެ. މި ލަނޑާއެކު މެޗު ނިމުނީ 3-0 ގެ ނަތީޖާއަކުން ލިވަޕޫލްއަށް ފުރިހަމަ މޮޅެއް ލިބިގެނެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލް ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވެ، ގަދަ ހަތަރެއްގެ އަޒުމު ވަރުގަދަކޮށްފައެވެ. މިވަގުތު ލިވަޕޫލް އޮތީ ތިން ވަނައިގައި އޮތް ނިއުކާސަލް އާ ހަތަރު ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ އެއް ޕޮއިންޓު ފަހަތުގައެވެ.

2016 ވަނަ އަހަރުގެ ޕްރިމިއަރ ލީގު ޗެމްޕިއަން، ލެސްޓާ އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ. ލިވަޕޫލް އޮތީ 65 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ދެޓީމަށްވެސް ލީގުގައި ބާކީ އޮތީ ދެމެޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް