Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެިއިއުތިސާމްގެ ޝަރީއަތް

އިއުތިސާމްގެ މައްޗަށް ކުރި ޓެރަރިޒަމާ ގުޅުންހުރި ދައުވާ ސާބިތެއް ނުވި

15 މެއި 2023 | ހޯމަ 08:31

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2023 | ހޯމަ 08:31
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

2017 ވަނަ އަހަރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ޓެރަރިޒަމާ ގުޅޭ ދައުވާއެއް އުފުލާފައިވާ އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލިގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

Advertisement - newsAdvertisement

ދައުލަތުން ބުނާ ގޮތުގައި އޭނާގެ މޯބައިލް ފޯނާއި، އޭނާގެ ކޮޓަރިން ފެނުނު ޕެންޑްރައިވްގެ އިތުރުން، އިތުރު ފޯނެއް ޗެކްކުރިއިރު، ޓެރަރިސްޓް ޖަމާއަތެއްކަަމަށްވާ އައިސިސްއަށް ތާއީދުކުރާކަން ދޭހަވާފަދަ ތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި އައިސިސްގެ ލޯގޯއެއްގެ ފޮޓޯއަކާއި، ބައެއް ލިއުންތައް ހިމެނޭކަމަށް ދައުލަތުން ބުނެއެވެ.

އޭނާއަކީ ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫސިޓީން ހައްޔަރު ކުރި މީހުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ. އިއުތިސާމް މުހައްމަދު ސައީދު އޭރު ހައްޔަރުކުރީ، އެ މައްސަލައިގައި ހިމެނޭ ހއ ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ޓެރަރިޒަމް އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް، ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ، އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުނަށް ފޯރުކޮށްދޭކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިއުތިސާމް މުހައްމަދު ސައީދުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވިގެންނެވެ. 

މުހައްމަދު ތަސްލީމަކީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންވެސް ދައުވާ އުފުލައި ޝަރީއަތް ހިންގެމުންދާ ފަރާތެކެވެ.

ދިފާއުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ޕެންޑްރައިވްގެ ހަގީގަތް ތަހުގީގު މަރުޙަލާގައިވެސް ވަނީ ކިޔާދީފައެވެ. އަދި މި ދައުވާއާއި ގުޅިގެން ފުލުހުން ހޯދާފައިވާ ހެކިތަކަކީ އިއުތިސާމްއަށް އޭގެ މައުލޫމާތެއް އެނގިފައިވާ ހެކިތަކެއް ނޫންކަމަށް ދިފާއުން ބުނެއެވެ.

ޙުކުމުގައި ބުނެފައިވަނީ އެ ޕެން ޑްރައިވަކީ އިއުތިސާމަށް މީހަކު ދިން އެއްޗެއް ކަން ސާބިތު ކުރުމަށް ދިފާއީ ހެކި ހުށައަޅާފައިވާ ކަމަށެވެ. އެ ހެކިތައް ނަފީ ކުރުމަށް ދައުލަތުން ހެއްކެއް ހުށައަޅާފައިނުވާކަމަށްވެސް ޙުކުމުގައި ބުނެއެވެ.

އޭގެ އިތުރުން، ދައުވާ ސާބިތު ކުރުމަށް ދައުލަތުން އިންޓެލިޖެންސް ރިޕޯޓް ހުށައަޅާފައިވީނަމަވެސް، އެ ރިޕޯޓުގައި ހިމެނޭ ކަންކަން ސާބިތުކުރަން އިތުރު ގަރީނާ ހުށަހެޅިފައި ނެތުމުން އެ ރިޕޯޓަށް އެކަނި ބުރަދަން ނުދެވޭނެކަމަށްވެސް ގާޒީ ވަނީ ނިންމަވާފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް