Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ52 މިލިއަން ރުފިޔާގެ އަމުރު

52 މިލިއަން ރުފިޔާ ނެގުމަށް ޙުކުމުގައި ހިމަނާފައިނުވާތީ ޙުކުމް އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ޕީޖީން ހައިކޯޓުގައި އެދިއްޖެ

14 މެއި 2023 | އާދީއްތަ 07:38

ދައުލަތުން އެދިފައިވާކަމެއް މައުޟޫއީ މައްސަލައިގެ ނިންމުމުގައި ހިމަނާފައިނުވާނަމަ އޮންނަ ހައްލަކީ އިސްތިއުނާފު ކުރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2023 | އާދީއްތަ 07:38
ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން

ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން

ވ. އާރަށު މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުލަތުން ދަށު ކޯޓުގައި އެދުނު ނަމަވެސް، ޙުކުމުގައި އެފަަދަ އަމުރެއް ހިމަނާފައިނުވާތީ އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިއްޖެއެވެ.

ވ. އާރަށު މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރު ބާތިލުކުރުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ، ދައުލަތުން އެދިފައިވާކަމެއް މައުޟޫއީ މައްސަލައިގެ ގަޒިއްޔާގެ ނިންމުމުގައި ހިމަނާފައިނުވާނަމަ، އެކަމަށް އަދުލުގެ ނިޒާމުގައި އޮންނަ ހައްލަކީ އިސްތިއުނާފު ކުރުންކަމަށެވެ.

ދަށު ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމުގެ މުއްދަތުވެސް މިހާރު ވަނީ ހަމަވެފައެވެ.

އެހެންނަމަވެސް ޕީޖީ އޮފީހުން ވަނީ ހައިކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެގޮތުން ޕީޖީ އޮފީހުން މިހާރު ވަނީ އެ ނިންމުމުގެ އިސްތިއުނާފު ބަލައިގަތުމަށް ހުއްދައަކަށް އެދިފައެވެ.

ޕީޖީ އޮފީހުން ހައިކޯޓުގައި އެގޮތަށް އެދިފައިވަނީ މިދިޔަ ހަފްތާގައެވެ. ހައިކޯޓަށް ހުށައެޅި ސިޓީގައި ޕީޖީން ވަނީ ދަށު ކޯޓުގައި އެ މައްސަލަ ކުރިއަށް ދިޔައިރު ފައިސާ ނަގައިދޭން އެދުނުކަމާއި، ދަށު ކޯޓުގެ ޙުކުމުގައި ފައިސާގެ ވާހަކަ ހިމަނާފައި ނެތުމުން، އެކަން ވީގޮތް ސާފު ކުރުމަށް ދަށު ކޯޓަށް ސިޓީވެސް ހުށައެޅިކަމަށް ބަޔާންކޮށްފައެވެ.

އެގޮތަށް މައުލޫމާތު ސާފު ކުރަން ހުށައެޅީ ދަށު ކޯޓަށް ހަނދާން ނެތިގެން ޙުކުމުގައި އެ ބައި ހިމަނާފައިނުވާނަމަ އިސްތިއުނާފު ކުރުމަށެވެ. ނަމަވެސް އެ ސިޓީއަށް ކޯޓުން ޖަވާބެއް ދީފައިނުވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އަދި ފަހުން ދަށު ކޯޓުން ވަނީ 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމުގެ އަމުރު ވަކިން ނެރުއްވާފައެވެ. އެ އަމުރު ބާތިލުކަމަށް މިހާރު ހައިކޯޓުން ވަނީ ނިންމާފައެވެ.

ވުމާއެކު، އެކަން ހިނގާ ދިޔަ ގޮތް ބަޔާންކޮށް ޕީޖީން ހައިކޯޓަށް ސިޓީއެއް ހުށައެޅީއެވެ.

ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށައަޅާފައިވަނީ 07 މޭ 2023 ދުވަހުއެވެ.

މީގެ ތެރޭގައި ހިމެނެނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ އެވެ.

ހައިކޯޓުގައި ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ، ވ. އާރަށު ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފުގައިވެސް އެކަމަށް އަލިއަޅުވާލައްވާނެކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް