Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދެ ވަނަ މެޗުގައި ޔޫވީ ބަލިކޮށް ސަސް ކުރިއަށް

ސަސް އިން ޔޫވީގެ މައްޗަށް ކުރި ހޯދީ 3-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2023 | ހޮނިހިރު 13:20
ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން އެ ޓީމުގެ ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަަސްމީ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރިއިރު، ސަސް އިން ވަނީ ކުޅުނު ފުރަތަަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ޔޫވީ އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ބަލިވެފަ އެވެ. ސަސް އިން ޔޫވީގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ސަސް އަށް ލީޑު ނަގައިދިނީ އަލީ ނަސޫހު ރަޝީދު އެވެ. އެއީ 11 ވަނަ މިނެޓުގައި އެ ޓީމުގެ އައިހަމް އަޙުމަދު ދިން ބޯޅައެއް ޔޫވީގެ އޭރިޔާ ތެރެއިން ތިރިިތިރިން ގޯލަށް ފޮނުވާލައިގެންނެވެ. އެ ބޯޅަ ހުއްޓުވުމަށް ޔޫވީގެ ގޯލް ކީޕަރު އަލީ ނާޖިހު އަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ސަސްގެ ލީޑު ފުޅާކޮށްދިނީ އައިހަމް އެވެ. އެއީ ޔޫވީގެ އޭރިޔާ ކުރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެެޗުގައި ޔޫވީ އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ޔޫވީގެ އަރީން ޢަބްދުﷲ އިބްރާހީމް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ސަސްގެ ތިން ވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އައިހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ނަސޫހު އެވެ. ހަތަރު ވަނަ ލަނޑު ޖެހުމަށް ސަސް އަށް ލިބުނު ފުރުސަތުގައި ނަސޫހު ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު ނާޖިހު ވަނީ މަތަކޮށްފަ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޔޫވީގެ އަޙުމަދު ބައްސާމް މުޙައްމަދު ނައީމް ހުރަސްކޮށްދިން ބޯޅައެއް މުޙައްމަދު ޙުސެއިން ފޮނުވާލި ނަމަވެސް، ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ. މެޗުގެ ފަހު ވަގުތު ސަސް އަށް ވެސް ވަނީ އިތުރު ލަނޑު ޖެހުމަށް ފުރުސަތު ލިބިފަ އެވެ.

މޮޅާއެކު ސަސް އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ތިން ވަނައިގައި އޮތް ކުލަބު އީގަލްސް އަދި ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް ލިބެނީ ތިން ޕޮއިންޓެވެ. މިއިން ކޮންމެ ޓީމެއް ވެސް ކުޅެފައި ވަނީ އެއް މެޗެވެ. ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ މާޒިޔާ އަށް ޕޮއިންޓުގެ ގޮތުން ސަސްއާ އެއްވަރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު