Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން، ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ޖަރުމަނުން ދެކޮޅުކަމުގެ ރިޕޯޓުތަކެއް

11 މެއި 2023 | ބުރާސްފަތި 16:31

ވަކިވަކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު ނާޅައި، ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް އިޓަލީން ވަނީ ތާއީދުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 މެއި 2023 | ބުރާސްފަތި 16:31
ހަނގުރާމައާ ގުޅިގެން އީޔޫއިން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 11 ވަނަ ޕެކޭޖުގެ މަޝްވަރާތައް ގައުމުތަކުން މިހާރު ވަނީ ފަށާފައި

ހަނގުރާމައާ ގުޅިގެން އީޔޫއިން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 11 ވަނަ ޕެކޭޖުގެ މަޝްވަރާތައް ގައުމުތަކުން މިހާރު ވަނީ ފަށާފައި

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން, އެގައުމަށް ވާގިވެރިވާ ޗައިނާއާއި އީރާނުގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ޔޫރަޕިއަން ޔޫނިއަނުން މަޝްވަރާކުރަން ފެށުމާއެކު، ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމާ ޖަރުމަނުން ދެކޮޅުހަދަމުން ދާކަމަށް، ފަސް ޑިޕްލޮމެޓުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ.

ހަނގުރާމައާ ގުޅިގެން އީޔޫއިން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 11 ވަނަ ޕެކޭޖުގެ މަޝްވަރާތައް ގައުމުތަކުން މިހާރު ވަނީ ފަށާފައެވެ.

ބުދަ ދުވަހު އީޔޫގެ މެމްބަރު ގައުމުތަކުން ވަނީ، ހަނގުރާމައާ ގުޅިގެން ރަޝިއާއާއި އެގައުމަށް ވާގިވެރިވާ މީހުންނާއި ކުންފުނިތަކާއި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިމަޝްވަރާތަކުގައި ގައުމުތަކުން ވަނީ ޗައިނާގެ ގިނަ ކުންފުނިތަކެއް ބްލެކްލިސްޓް ކުރުމަށް ހުށަހަޅާފައެވެ. މިގޮތަށް ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި؛ ކަޒަކިސްތާން، އުޒްބެކިސްތާން އަދި އާރމީނިއާގެ ކުންފުނިތަކެއްގެ އިތުރުން އީރާނުގެ ޑްރޯން އުފައްދާ ކުންފުނިތަކެއްވެސް ހިމެނޭކަމަށް ރޮއިޓަރސްގެ ރިޕޯޓުތައް ބުނެއެވެ.

މިހުށަހެޅުންތަކާ ގުޅިގެން ޖަރުމަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައިކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ވަކިވަކި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޖަރުމަނުން ތާއީދުކުރިނަމަވެސް، ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގައި ވިސްނަންޖެހޭ ކަންކަން ހުރިކަން ޖަރުމަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ޖަރުމަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖަރުމަނުުގެ މިހުށަހެޅުމަށް އިޓަލީންވެސް ވަނީ ތާއީދުކޮށްފައެވެ. އެގޮތުން ވަކިވަކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު ނާޅައި، ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް އިޓަލީން ވަނީ ތާއީދުކޮށްފައެވެ.

މީގެ އިތުރުންވެސް، އިތުރު ގައުމުތަކުންވެސް ގައުމުތަކުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކެނޑޭގޮތަށް ފިޔަވަޅުތައް ނޭޅުމަށް ވަނީ ގޮވާލާފައިކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިމަޝްވަރާތައް ހޫނުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިކަމުގެ މާހިރުން ބުނެއެވެ. ނަމަވެސް ހަނގުރާމަ ހުއްޓުމަކަށް ނައިސް ދިގުދެމިގެން ދިއުމަކީ މުޅި ޔޫރަޕަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެއްކަންވެސް މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ރަޝިއާއާ ދެކޮޅަށް އީޔޫއިން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދާދިފަހުންވެސް އީޔޫއިން ވަނީ މިހަނގުރާމާގައި ޔޫކްރެއިނަށް އެހީތެރިވުމުގައި އެޖަމިއްޔާއިން ދެމިއޮންނާނެކަމަށް ބުނެފައެވެ.

ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން، ޔޫކްރެއިނަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދިނުމުގެ މަސައްކަތް އީޔޫއިން ދަނީ ކުރަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫރަޕިއަން ޔޫނިއަންޖަރުމަނުޗައިނާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް