Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގައި ބޯޓެއް ބަންޑުން ޖަހާލުން

ކެރަލާ ސްޓޭޓްގައި ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން 22 މީހުން މަރުވެއްޖެ

ބޯޓުން ދަތުރުކުރި މީހުންގެ ފުރިހަމަ އަދަދު ސާފު ނުވާތީ، ގެއްލިފައިވަނީ ކިތައް މީހުން ކަމެއް ނޭނގޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 8 މެއި 2023 | ހޯމަ 13:35
އިންޑިޔާގައި ބޯޓު ބަންޑުންޖަހާލުމުގެ ހާދިސާ

އިންޑިޔާގައި ބޯޓު ބަންޑުންޖަހާލުމުގެ ހާދިސާ

އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ޓުއަރިސްޓުން އަރުވައި ބަރާކޮށްގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން، މަދުވެގެން 22 މީހުން މަރުވެއްޖެއެވެ. އާދީއްތަ ދުވަހުގެރޭ ހިނގި މި ހާދިސާގައި ބޯޓު ބަންޑުން ޖަހާލީ އެކަށީގެންވާވަރަށްވުރެ ގިނައިން މީހުން އަރުވާފައި ވުމުގެ ސަބަބުންކަމަށް ފުލުހުން ބުނާއިރު، މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް، އެހީގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ބުނެފައިވެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް، ފަރުވާކުޑަކުރުމުގެ ސަބަބުން ބައެއްގެ ފުރާނަގެއްލިފައިވާތީ އެކަމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް ބޯޓުގެ ވެރިފަރާތް ވަނީ ފިލާފައިކަމަށް ޚަބަރު ލިބެއެވެ.

ބޯޓެއް ބަންޑުންޖަހާލައި ބަޔަކު މަރުވުމާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޓްވިޓަރ މެދުވެރިކުރައްވައި ހިތާމަ ފާޅުކުރައްވާފައެވެ.

ބަންޑުން ޖަހާލުމާއެކު ބޯޓު އޮތީ ސީދާ ދަށް ފަރާތް މައްޗަށް ކަމަށާއި، އެހެންކަމުން އެތައްބަޔަކު ބޯޓުގެ ދަށުވާން ދިމާވިކަމަށް ޚަބަރުތައް ބުނެއެވެ. އަދި އަނދިރި ވަގުތެއްކަމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅުނުކަމަށް އިންޑިޔާގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ސްކޫލް ޗުއްޓީގައި ދަތުރުކޮށްލުމަށް ނިކުތް އަންހެނުންނާއި ކުޑަކުދިން ކަމަށް ވެއެވެ.

ހާދިސާއަށްފަހު 4 ވަރަކަށް މީހުން ކްރިޓިކަލް ހާލަތުގައި ހޮސްޕިޓަލަށްވެސް ގެންގޮސްފައިވެއެވެ. ބޯޓުން ދަތުރުކުރި މީހުންގެ އަސްލު އަދަދު ސާފު ނުވާތީ، މިހާތަނަށް ނުފެނިވަނީ ކިތައް މީހުން ކަމެއް އަދި ނޭނގޭކަމަށާއި ބޯޓު ދަތުރު މކުރީ ހޯދަންޖެހޭ ހުއްދަ މތައް ހޯދައިގެންތޯވެސް ބަލަމުންދާކަމަށް، ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

އިންޑިޔާގައި މިފަދަ ގިނަ ފެރީ ބޯޓުތައް ދަތުރުކުރަނީ އެކަށީގެންވާރަަށްވުރެ ގިނައިން މީހުން އަރުވައިގެން ކަމަށް ވުމުން، މިފަދަ އެކްސިޑެންޓުތައް ހިނގުމަކީ އާންމު ކަމެކެވެ.

އިންޑިއާދުނިޔެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު