Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލަށް ކޮޕަ ޑެލް ރޭގެ ތަށި ހައްގު: އަންޗެލޮޓީ

8 މެއި 2023 | ހޯމަ 03:15

އޭނާ ބުނީ މީގެ ކުރިން އެ މުބާރާތުގައި ރެއާލުން ވާނީ ވަރުގަދަ ޓީމުތަކެއް ބަލިކޮށްފައި ކަމަށާއި، އެހެންކަމުން އެ ޓީމަށް ތަށި ހައްގު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މެއި 2023 | ހޯމަ 03:15
ކޮޕަ ޑެލް ރޭގެ ފައިނަލަށް ފަހު ރެއާލްގެ ކޯޗު އަންޗެލޮޓީ

ކޮޕަ ޑެލް ރޭގެ ފައިނަލަށް ފަހު ރެއާލްގެ ކޯޗު އަންޗެލޮޓީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޮޕަ ޑެލް ރޭ މުބާރާތުގެ ތަށި ހައްގު ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ މި ސީޒަނުގެ ކޮޕަ ޑެލް ރޭ މުބާރާތުގައި ފައިނަލްގައި އޮސަސޫނާ ބަލިކޮށް ރެއާލުން ތަށި އުފުލާލި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެ ފައިނަލް މެޗަކީ ރެއާލުން އެތައް ތަކުލީފުތަކެއް އުފުލަން ޖެހުނު ފައިނަލެއް ކަމަށެވެ. ނަމަވެސް އެންމެ ފަހުން ރެއާލަށް މޮޅުވުން ހައްގު ކަމަށާއި، އެއީ ހަމައެކަނި ފައިނަލް މެޗުގައި ދެއްކި ކުޅުމަށް ބަލާފައި ނޫން ކަމަށެވެ. އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި ފައިނަލަކީ އަބަދު ވެސް މޮޅުވާން އުނދަގޫ މެޗެކެވެ. ނަމަވެސް މީގެ ކުރިން އެ މުބާރާތުގައި ރެއާލުން ވާނީ ވަރުގަދަ ޓީމުތަކެއް ބަލިކޮށްފައި ކަމަށާއި، އެހެންކަމުން އެ ޓީމަށް ތަށި ހައްގު ކަމަށް އޭނާ ބުންޏެވެ.

އަންޗެލޮޓީ ބުނީ ލިބުނު އުފަލާއެކު، ރެއާލަށް އަތް އުރާލައިގެން ތިބެވެން ނެތް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ އަންނަ އަންގާރަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގަށެވެ. އޭނާ ބުނީ، ދެން ޖެހޭނީ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ވިސްނަން ކަމަށާއި އެ މެޗުގައި ރެއާލަށް އޮތީ ކުޑަ އެޑްވާންޓޭޖެކެވެ. އަނެއްކޮޅު ރެއާލް ކުޅެން ޖެހޭނީ 11 ކުޅުންތެރިން 12 މީހުންނާ ދެކޮޅަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ޕްރެސްގައި ވެސް އަންޗެލޮޓީ ވަނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދީފަ އެވެ. އޭނާ ބުނީ އަބަދުވެސް ބުނަމުން އަންނަ ފަދައިން، ރެއާލާއެކު އެއްބަސްވުމެއް އޮތް ކަމަށެވެ. ހަމައެއާއެކު އެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްކަން އަންޗެލޮޓީ ވަނީ ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ. އަންޗެލޮޓީ ބުނީ އޭނާ އަކީ އެއްބަސްވުންތަކަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެ މީހެެއް ކަމަށާއި، ރެއާލުން ދޫކޮށްލަންދެން އޭނާ ކުލަބުގައި ހުންނާނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލުން އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

ކޮޕަ ޑެލް ރޭރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް