Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމުގެ ދާއިރާއިން ދަސްވެނިވާ ކުދިން

ބިދޭސީން ގިނަ ދާއިރާތަކަށް ދިވެހިން ނުކުންނަން ޖެހޭ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

އެކައުންޓިން، ޓޫރިޒަމް، ހޮސްޕިޓަލިޓީ އަދި އިންޖިނިއަރިން ދާއިރާގައި ދިވެހިން ކުރިއަރައިގެން ދާންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 މެއި 2023 | ހޮނިހިރު 09:12
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވާހަކަދައްކަވަނީ

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވާހަކަދައްކަވަނީ

މަތީ ތައުލީމުގެ ދާއިރާއިން ދަސްވެނިވާ ކުދިންނާމެދު ސަރުކާރުގެ މުހިންމު ތަސައްވުރެއް އެބައޮތް ކަމަށާއި، ބިދޭސީން ގިނަ ދާއިރާތަކަށް ދިވެހިން ނުކުމެ މަސައްކަތް ކުރަންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި، އިގްތިސާދު ކުރިއެރުވުމުގައި މަތީ ތައުލީމްގެ ދާއިރާއިން ދަސްވެނިވާ ކުދިންނާމެދު ފޮނި އުންމީދުތަކެއް ކުރަމުންދާ ކަމަށެވެ.

ޔުނިވާސިޓީން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކައުންޓިން، ޓޫރިޒަމް، ހޮސްޕިޓަލިޓީ އަދި އިންޖިނިއަރިން ދާއިރާގައި ދިވެހިން ކުރިއަރައިގެން ދާންޖެހޭ ކަމަށާއި، މިދާއިރާއަށް ދަރިވަރުން ނެރުމަށް ޔުނިވާސިޓީން ބުރަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ޔުނިވާސިޓީން ކުރަމުންދާ މަސައްކަތްތާއި އެއްވަރަށް ދަރިވަރުން ވެސް މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެ ދާއިރާތަކުގައި ބިދޭސީން ވަރަށް ގިނަ ކަމަށާއި، މިއީ ގައުމުގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރުވާ ކަމެއް ކަމަށެވެ. ގިނައަދަދެއްގެ ބޭރުގެ ފައިސާ ރާއްޖެއިން ބޭރުވެގެންދާއިރު، މިދާއިރާތަކަށް ދިވެހިން ނުކުމެ ބިދޭސީން މަދު ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ދާއިރާއިން ދަސްވެނިވާ ކުދިންނާމެދު ސަރުކާރުގެ މުހިންމު ތަސައްވުރެއް އެބައޮތް ކަމަށާއި، ގައުމު އާރާސްތުކުރުމުގައި ހުރިހާ ދާއިރާއަކުން ދިވެހިން ނިކުންނަން ޖެހޭ ކަމަށެވެ. އަދި ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި މުހިންމު މަސްއޫލިއްޔަތެއް އޮތްކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

ވަޒީފާގެ މާހައުލަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ މަސައްކަތުގައި އަހުލާގު ހިފަހައްޓަންޖެހޭ ކަމަށާއި، އެވަޒީފާއެއް އަދާކުރުމުގައި ވަރަށް ގަޔާވެ، މަސްއޫލިއްޔަތުތަކާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަބަދުވެސް ނަމޫނާ މުވައްޒަފަކަށްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ހުރިހާ ކަމެއްގައި ފައިސާއަށް ބަރޯސާވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލިބުނު ތައުލީމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭ ކަމަށާއި، އެތައުލީމާ އެއްގޮތަށް ތެދުވެރިކަމާއި އަމާނައްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް ވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު