Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ

މާލެސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަން ސިޓީ ކައުންސިލުން ނިންމައިފި

4 މެއި 2023 | ބުރާސްފަތި 02:29

25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބިސީތަކަށް ބަހާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މެއި 2023 | ބުރާސްފަތި 02:29
މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ "ޕްލާސްޓިކާ ދުރުވުމުގެ" ސިޔާސަތާއެކު މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

Advertisement - newsAdvertisement

މިޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމަށެވެ. މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކުގެ ދޮރުމައްޗަށް ގޮސް ކޮތަޅު ބަހާ ގޮތަށެވެ.

މި މައުޟޫޢު އާއި ގުޅެގޮތުން މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫޢުތައް ހިންގުމަކީ މާލެސިޓީ ކައުންސިލްގެ އެއް އަމާޒުކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ 25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބިސީތަކަށް ބަހާނެ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 50 ހާހެއްހާ ގޭބީސީއަށް ކޮތަޅު ހަދިޔާ ކުރާނެ ކަމަށެވެ. އަދި މި ކަމަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު މުޢިއްޒު ވިދާޅުވީ އެއް ގޭބިސީ އަށް 25 ކޮތަޅު ދީފިއްޔާ ވަރަށް ގިނަ ދުވަހު ބޭނުން ކުރެވިދާނެ ކަމަށާއި، ކޮތަޅުން ނަގާ ފީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކަނޑަލި ކަމުގައިވިޔަސް ތިމާވެއްޓަށް ވިސްނާނަމަ މިއީ ރަނގަޅު ކަމެއް ކަމާއި، އަދި މީގެ ސަބަބުން ދުވަސްކޮޅަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާވެސް ލާފާނެ ކަމަށް ދެކިވަޑައިންނަވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ޚާއްޞަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 ޖުލައި 2018

ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ކޮންމެ ގޭބީސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަން ފަށައިފި

17 ޖުލައި 2018
ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ކޮންމެ ގޭބީސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަން ފަށައިފި
18 ޖޫން 2018

ދަރިވަރުންނަށް މިއަދު ޓެބްލެޓް ބަހަން ފަށާނެ

18 ޖޫން 2018
ދަރިވަރުންނަށް މިއަދު ޓެބްލެޓް ބަހަން ފަށާނެ
25 އެޕްރީލު 2018

ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން ހުށަހެޅުމަށް ނިންމައިފި

25 އެޕްރީލު 2018
ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން ހުށަހެޅުމަށް ނިންމައިފި
21 ޖެނުއަރީ 2018

އެމްޑީޕީގެ ހަރުގެއަށް ޕެޓްރޯލް ކޮތަޅުތަކެއް އުކި މައްސަލައެއް ތަހުގީގެއް ނުކުރަން: ޕޮލިސް

21 ޖެނުއަރީ 2018
އެމްޑީޕީގެ ހަރުގެއަށް ޕެޓްރޯލް ކޮތަޅުތަކެއް އުކި މައްސަލައެއް ތަހުގީގެއް ނުކުރަން: ޕޮލިސް
12 ޖެނުއަރީ 2018

ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކައިފި

12 ޖެނުއަރީ 2018
ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކައިފި
15 އޮކްޓޯބަރު 2017

މުދަލު ޒަކާތް ބަހަން ފަށައިފި

15 އޮކްޓޯބަރު 2017
މުދަލު ޒަކާތް ބަހަން ފަށައިފި
29 ޖޫން 2017

އަށާރަ ސަތޭކައިގެ އަހަރުތަކުގެ ރިހި ފައިސާ ފޮތިތަކެއް ސަލްޓަން ޕާކުން ފެނިއްޖެ

29 ޖޫން 2017
އަށާރަ ސަތޭކައިގެ އަހަރުތަކުގެ ރިހި ފައިސާ ފޮތިތަކެއް ސަލްޓަން ޕާކުން ފެނިއްޖެ
09 މެއި 2017

ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި

09 މެއި 2017
ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި
14 މާރިޗު 2017

މުޞްޙަފް މާލްދީފް ބަހަން ފަށައިފި

14 މާރިޗު 2017
މުޞްޙަފް މާލްދީފް ބަހަން ފަށައިފި
12 މާރިޗު 2017

އެމްޑީޕީ ހަރުގެއިން ފޮތި ރޯލުތައް ގެންދިޔަ މައްސަލަ އެންއައިސީ އަށް ހުށަހަޅައިފި

12 މާރިޗު 2017
އެމްޑީޕީ ހަރުގެއިން ފޮތި ރޯލުތައް ގެންދިޔަ މައްސަލަ އެންއައިސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް