Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ ފުއްގިރި ހިޔާނަތް

ފުއްގިރި ހިޔާނަތް: އަންނަ އާދިއްތަ ދުވަހު ހެކިބަސް ނަގަން ފަށަނީ

އަހުމަދު ސިޔާމް މުހައްމަދު ހިމެނޭހެން 6 ހެއްކެއްގެ ހެކިބަސް ނެގުމަށް ވަނީ ތާވަލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2023 | ބުދަ 06:23
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހުގެ އަޑުއެހުމަކީ ޔާމީނުގެ ފަރާތުން އިފްތިތާޙީ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދިފާއު ބިނާ ކުރާ ޤާނޫނީ އަސާސްތަކަށް ޔާމީނުގެ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ވަނީ އިފްތިތާޙީ ބަޔާނުގައި ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ޔާމީނުގެ މައްޗަށް ކުރާ އެއްވެސް ދައުވާއަކާ ގުޅިގެން މަދަނީ މިންގަނޑުން ޝަރީއަތް ކުރިއަށް ގެންދެވޭ މިންވަރަށްވެސް ހެކި ހުށައަޅާފައިނުވާކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.

ރ ފުއްގިރި ކްލެސިކް ސިޓީއަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ޤަބޫލު ކޮށްފައިވާކަމަށް ބުނެ ޤާނޫނުލްއުޤޫބާތުގެ ދަށުން ޔާމީނަށް ދައުވާ އުފުލާފައިވާއިރު، މި މައްސަލައިގައި ދެން ހިމެނޭ ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ކަމަށް ދިފާއުން ބުނެއެވެ.

މި ދެ ޤާނޫނުގައި ހިމެނޭ ކުށުގައި ތަފާތުތަކެއް ހުންނަކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ. އެއް ޤާނޫނުގެ ދަށުން ބަލާއިރު އެއީ ރިޝްވަތު ކަމަށާއި، އަނެއް ޤާނޫނުގެ ދަށުން ބަލާއިރު އެޔަށް ކިޔަނީ މަންފާކަމަށް ޖަމީލް ވިދާޅުވިއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އެއްވެސް ޙައިސިއްޔަތަކުން ޔާމީނު ބައިވެރިވެލައްވާފައި ނުވާނެ ކަމަށާއި، އެއްވެސް އިރުޝާދެއްވެސް ދެއްވާފައިނުވާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 2.55 މިލިއަން ޑޮލަރަށް ދޭން އޮތް ރަށެއް 1.55 މިލިއަން ޑޮލަރުގެ އަގަކަށް ކުޑަކޮށްދިނީ ޔާމީނު ބައިވެރިވެގެންކަަމަށް ދައުލަތުން ބުނާއިރު، އޭގެ މާ ކުރިން އެ ރަށުގެ އިކުއިޒިޝަން ކޯސްޓަކީ 4 ލައްކަ ޑޮލަރުކަމަށް ކަނޑައަޅައި އެމްއެމްޕީއާރްސީން ކްލެސިކް ސިޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ބައްޓަން ކޮށްފައިވަނީވެސް ހަމައެކަނި ޔާމީނު ކުށްެވެރި ކުރުމަށް އަމާޒު ހިފައިގެންކަމަށް ދިފާއުން ބުނެއެވެ. އެހެން އެކަން ވެފައިވަނީ ޔާމީނުގެ ވެރިކަމުގައި މިހާރުގެ އޭސީޕީ މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކި ކުރުމާއި ގުޅިގެންކަމަށް ޖަމީލް ވިދާޅުވިއެވެ.

ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އަހުމަދު ސިޔާމް މުހައްމަދާއެކު ކުރެވުނު ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ފައިސާކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ. އެ ޑޮލަރަށްވާ ފައިސާވެސް ސިޔާމް ބުނި މީހަކާ ޙަވާލުކޮށްފައިވާ ކަމަށާއި، އެކަން ސާބިތު ކުރުމަށް ޝަފަހީ އަދި ކިތާބީ ހެކި ހުށައަޅާފައިވާނެކަމަށް ދިފާއުން ބުނެއެވެ.

ސިޔާމް އަތުން ގަތް ޑޮލަރުގެ ސަބަބުން ޔާމީނަށް އިތުރުވި އެއްެޗެއް ނެތް ކަމަށާއި، ޔާމީނު ޙާސިލުކުރި ހުއްދަނޫން މަންފާއެއް އޭގައި ނެތްކަމަށްވެސް ދިފާއުން ބުނެއެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގ ގެ ދައުވާއާއި ގުޅިގެންވެސް އިފްތިތާޙީ ބަޔާން އިއްވާފައިވާއިރު، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.

އެ ދުވަހު އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން އަހުމަދު ސިޔާމް މުހައްމަދު ހިމެނޭހެން 6 ހެއްކެއްގެ ހެކިބަސް ނެގުމަށް ވަނީ ތާވަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު