Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

އެސްޓީއޯއަށް މިދިޔަ އަހަރު 18 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 މެއި 2023 | އަންގާރަ 02:58
އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ ވަނީ 18 ބިލިއަނަށް އަރާފައި

އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ ވަނީ 18 ބިލިއަނަށް އަރާފައި

ނިމުނު 2022 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ރިޕޯޓުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން އާއްމުކޮށްފައިވާ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު އަށް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 10.1 ބިލިއަން ރުފިޔާއެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން 2021 ވަނަ އަހަރު ތެލުގެ ވިޔަފާރިން 6.39 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިދިޔަ އަހަރު 13.4 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރު ތެލުގެ އަގަށް އައި ބަދަލާއެކު އެ ކުންފުނީގެ ތެލުގެ އާމްދަނީއަށް އައި ބަދަލެކެވެ.

އެސްޓީއޯއަށް 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތައް ހިމަނައިގެން އެސްޓީއޯ ގްރޫޕަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެ ގްރޫޕަށް ލިބުނު އާމްދަނީ 18.8 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބުމުން އައި ބަދަލެކެވެ.

އެސްޓީއޯގެ އާމްދަނީއަށް ބޮޑު ބަދަލެއް އައިސްފައިވާއިރު މިދިޔަ އަހަރު އެ ކުންފުނީގެ ސާފު ފައިދާވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު އެ ކުްނފުންޏަށް ސާފު ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 2.1 ބިލިއަން ރުފިޔާ އެވެ. މިއީ ހިއްސާއަކަށް ބަލާނަމަ 646 ރުފިޔާއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު