Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އާޓެޓާ ބުނަނީ އާސެނަލަށް އަދިވެސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް

އާޓެޓާ ބުނީ ސިޓީ މެޗުގައި ނުކުޅެވޭ ކަމަށާއި، ބަލިވުން ޙައްޤު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 02:42
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި އޭނާގެ އެސިސްޓެންޓް

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި އޭނާގެ އެސިސްޓެންޓް

އާސެނަލަށް އަދިވެސް މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ ލީގުގައި ޗެލްސީއާ ދެކޮޅަށް އާސެނަލް އިން ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނުކުންނައިރު އާސެނަލް ވަނީ ލީގު ތާވަލްގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެއީ އެންމެ ފަހުން ވާދަވެރި މެންޗެސްޓަރ ސިޓީން ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރުމުންނެވެ. ނަމަވެސް ޗެލްސީ މެޗު ކާމިޔާބުކޮށް އާސެނަލަށް އަލުން އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އެންމެ ފަހުން ވާދަވެރި ސިޓީއަތުން ބަލިވި މެޗަކީ ބޮޑު މެޗެއް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެ މެޗުގައި އާސެނަލްގެ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ފެންވަރަކަށް ނުކުޅެވެ އެވެ. އެހެންކަމުން، އެ މެޗުން އާސެނަލް ބަލިވުން ޙައްޤު ކަަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ. ނަމަވެސް އެކަން ޤަބޫލުކޮށްގެން ޓީމެއްގެ ގޮތުގައި ކުރިއަށް ދާން ޖެހޭ ކަމަށާއި، މިހާރު ފޯކަސް ހުންނަން ޖެހޭނީ ކުރިއަށް ހުރި މެޗުތަކަށް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އާޓެޓާ ބުނީ އެންމެ ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވެސް ފޯކަސް ކުރީ ސިޓީ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން ކަމަށާއި، ކުޅުންތެރިންގެ ފަރާތުން އެކަން ފެނުނީ އޭނާ ހިތްހަމަޖެހޭ މިންވަރަށް ކަމަށެވެ.

ޕްރިމިއާ ލީގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، މިހާރު އާސެނަލްގެ އަތްމަތީގައި އެއްވެސް ބާރެއް ނެތް ކަމަށެވެ. އޭނާ ބުނީ އާސެނަލްގެ އަތް މަތީގައި އޮތީ ކުރިއަށް އޮތް މެޗު ކަމަށާއި، އެހެންކަމުން އެ މެޗުން މޮޅުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އާސެނަލް ޖެހޭނީ އެ މަގުން މަސައްކަތް ކުރަން ކަމަށާއި، އެއާއެކު ސިޓީ ކުޅޭ މެޗުތަކުގެ ނަތީޖާ އަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ. އާޓެޓާ ފާހަގަ ކުރި ގޮތުގައި އާސެނަލްގައި ތިބީ ވަރަށް ހުނަރުވެރި، މޮޅު ކުޅުންތެރިންނެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އާސެނަލްގެ ކުޅުންތެރިން ގުޅިގެން، ވަރުގަދަ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފި ނަމަ އެ ޓީމަށް ލީގު ކާމިޔާބުވުމުގެ އުންމީދު ބޮޑު ކަމަށެވެ.

މީގެ އިތުރުން އާސެނަލަށް ކުޅެމުން އަންނަ ފްރާންސްގެ ވިލިއަމް ސަލީބާއާ ގުޅޭ ގޮތުން އާޓެޓާ ބުނީ، ޗެލްސީ މެޗުގައި ވެސް ސަލީބާ ނުފެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗަށްފަހު އާސެނަލް އޮންނަނީ ކޮން ހިސާބެއްގައިތޯ ބަލަން ޖެހޭ ކަމަށާއި، މި ހަފްތާގައި ސަލީބާ އަށް ކުރިއެރުންތަކެއް ނުލިބޭ ކަމަށެވެ. އާޓެޓާ ބުނީ އާސެނަލުން މެޗުގައި އެމީހުންގެ އަމިއްލަ ގޭމު ކުޅުމަށް އިސްކަން ދޭން ޖެހޭ ކަމަށާއި، އަމިއްލަ އަތް މަތިން ކަންކަން ގެއްލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ސިޓީ މެޗުގެ ކުރިން ލީގުގައި ކުޅުނު ތިން މެޗުން ވެސް އާސެނަލް ވަނީ އެއްވަރުވެފަ އެވެ. އެއީ ލިވަޕޫލް، ވެސްޓް ހޭމް ޔުނައިޓެޑު އަދި ސައުތެމްޓަން އެވެ. އާސެނަލްގެ ދަނޑުގައި އެ ތީމުން ޗެލްސީއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު