Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮމެލޫ ލުކާކޫ

ލުކާކޫއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެކަން ޔުނައިޓެޑުން ހާމަކޮށްފި

ލުކާކޫ އެމެރިކާއަށް ދިޔައީ ޔުނައިޓެޑާއެކު މެޑިކަލް ހަދަން

ލީވާން އަލީ
ލީވާން އަލީ | 8 ޖުލައި 2017 | ހޮނިހިރު 09:00
އެވަޓަން އަށް ކުޅެމުން އައި ރޮމެލޫ ލުކާކޫ

އެވަޓަން އަށް ކުޅެމުން އައި ރޮމެލޫ ލުކާކޫ

އެވަޓަން އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މެންޗެސްޓާ ޔުނައިޓެޑުން ހާމަކޮށްފި އެވެ.

ޔުނައިޓެޑްގެ ރަސްމީ ފޭސްބުކް ޕޭޖު އަދި ޓުވިޓާގައި ލިޔުނު ޕޯސްޓެއްގައި ބުނީ ލުކާކޫއާ އެކު ޔުނައިޓެޑަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އޭނާގެ މެޑިކަލްގެ ކަންތައް ވަރަށް އަވަހަށް ފުރިހަމަކޮށް އިއުލާންކުރެވޭނެ ކަމަށެވެ.

ލުކާކޫ ގެންނަން ޔުނައިޓެޑުން އެއްބަސްވެފައިވަނީ 75 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔުނައިޓެޑުން ލުކާކޫއާއެކު އެއްބަސްވުމަކަށް އާދެވިފައިވާއިރު، އޭނާ ހޯދަން ގިނަ ކްލަބްތަކުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ކްލަބް ޗެލްސީވެސް ހިމެނެއެވެ.

ޔުނައިޓެޑުން ވަނީ ލުކާކޫގެ އިތުރުން ރެއާލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒްވެސް ހޯދަން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ޔުނައިޓެޑުން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވަނީ ރެއާލް އިން ހުށަހެޅި އަގު މާ ބޮޑުވުމުންނެވެ. ރެއާލް އިން ހާމޭސް ވިއްކާލަން ބޭނުންވަނީ 90 މިލިއަނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިވަގުތު ލުކާކޫ އެމެރިކާގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، އާދީއްތަ ދުވަހު އޮންނަ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ މިހާތަނަށް އެވަޓަން އަށް ކުޅުނު 219 މެޗުގައި 104 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބެލްޖިއަމް ޓީމަށް ކުޅުނު 57 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު