Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާބީ ކަލެކްޝަން

ޝާމިލް ރޫހުގައި ބާބީ ކަލެކްޝަނަށް އިތުރު މެންބަރެއް

27 އެޕްރީލު 2023 | ބުރާސްފަތި 13:09

ބާބީ އަޅައިގެން ހުންނަ ފިޔާތޮށި ހާރުގައި، އިނގިރޭސި "ވީ" އަކުރުގެ ބައްޓަމަށް ހުންނަ 3 ފަރުމާއެއް ހިމަނާފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 އެޕްރީލު 2023 | ބުރާސްފަތި 13:09
ޑައުން ސިންޑްރޯމް ހުންނަ މީހަކު ޑައުންޑް ސިންޑްރޯމް ބާބީ ހިފައިގެން

ޑައުން ސިންޑްރޯމް ހުންނަ މީހަކު ޑައުންޑް ސިންޑްރޯމް ބާބީ ހިފައިގެން

ބާބީ ޑޯލްއެކޭ ބުނުމުން އިތުރު ތައާރަފަކަށް ބޭނުންވެދާނެ މީހުން މަދުވާނެއެވެ. މާރޗް 9، 1959 ވަނަ ދުވަހު، އެމެރިކާގެ މަޓެލް ކުންފުނިން ތަޢާރަފުކުރި ބާބީ ޑޯލްއަކީ، މިއަދާ ޖެހުނު އިރުވެސް ގިނަ އަދަދެއްގެ ކުޑަކުދިންގެ ކުޅޭ ސާމާނު ބަހައްޓާ ހަރުތަކާއި ވަށިގަނޑުތަކުން ޖާގަ ހޯދާ، ކުޅޭކުޅޭ ބުދެކެވެ. ޖަރުމަނުވިލާތުގެ ބުދެއް އަސްލަކަށް ބަލައިގެން ރޫތު ހޭންޑްލަރ ފަރުމާކުރި ބާބީ ޑޯލްއަކީ، ރީތިކަމާއި ފެޝަންގެ ލާމަސީލު މިސާލެއް ކަމުގައި ގިނަ ބަޔަކު އިއްތިފާގުވެއެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު ކަންކަމަށް މީހުންގެ ލޯތައް ހުޅުވެމުންދާ ވަރަކަށް، ބާބީގެ ނަލަނަލަ ދުނިޔޭގައި، ހުރިހާ އެންމެންގެ ޝާމިލުވުން ހިމެނެންޖެހޭކަމަށް އެތައް ބަޔަކު ބުނަން ފެށިއެވެ. މަޓެލް ކުންފުނިން އެ އަޑު އަހަންވެސް އެހިއެވެ.

ބާބީ ކަލެކްޝަނަށް އެކި ކަހަލަ ބުދުތައް އިތުރުކުރަމުން ގޮސް، މަޓެލް ކުންފުނިން އެންމެ ފަހުން ތައާރަފު ކޮށްފައި މި ވަނީ ޑައުން ސިންޑްރޯމް ހުންނަ ބާބީއެކެވެ. އެއީ، މުޖުތަމައުގައި ދިރިއުޅޭ އެކި ކަހަލަ މީހުން ޝާމިލުކުރުމުގެ ރޫހުގައި އެކުންފުނިން ކުރި ކަމެކެވެ.

މަޓެލް ކުންފުނިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާގޮތުގައި، މި ބާބީ ތައްޔާރުކުރުމަށްޓަކައި އެކުންފުނިން ވަނީ، އެމެރިކާގެ ނޭޝަނަލް ޑައުން ސިންޑްރޯމް ސޮސައިޓީއާއެކު މަސައްކަތްތަކެއް ކޮށްފައެވެ. ޖިސްމާނީ ގޮތުންވެސް ތަފާތުތަކެއް ފާހަގަވާ ޑައުން ސިންޑްރޯމް ބާބީ ފަރުމާކޮށްފައިވަނީ އެހެން ބުދުތަކަށްވުރެ އިސްކޮޅުން ކުރުކޮށެވެ. ބާބީ ކަލެކްޝަންގެ އެހެން ފަރުމާތަކަށްވުރެ، މަތީހަށި ދިގުކޮށެވެ.

އެހެން ބާބީތަކާ ޚިލާފަށް، ޑައުން ސިންޑްރޯމް ބާބީގެ މޫނުގެ ބައްޓަންވެސް ވަނީ ވަށްކޮށްފައެވެ. ދެލޯ، އާމަންޑް ބައްޓަށް ހުރިއިރު، ކަންފަތް ކުޑަވާނެ ކަމަށާއި، ނޭފަތުގެ މަތިވެސް ކޮންމެވެސް ވަރަކަށް ފަތިވާނެކަން މަޓެލްއިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރު ޑައުން ސިންޑްރޯމް ހުންނަ މީހުންގެ އަތްތިލައިން ފެންނަ ނާރަކީ، އެހެން މީހުންގެ އަތުގެ ނާރުތަކާ ތަފާތުކޮށް ހުންނަ ނާރަކަށް ވާއިރު، އަލަށް ތައާރަފުކުރި ބާބީންވެސް އެކަން ފާހަގަކުރެވޭނެ ކަމަށް މަޓެލްއިން ބުނެއެވެ.

މަޓެލްއިން އެންމެ ފަހުން ތައާރަފުކުރި ބާބީ ލައްވާފައިވަނީ ރީނދުލާއި ނޫކުލައިގެ ކޮކާލާއި މާމެލާމެލި ހިމެނޭ، ފުއްޕި އަތް ލީ ހެދުމެކެވެ. މި ކުލަތަކަކީ، ޑައުން ސިންޑްރޯމަށް ހޭލުންތެރިކުރުވުމުގައި ބޭނުންކުރާ ކުލަތަކެކެވެ.

ބާބީ އަޅައިގެން ހުންނަ ފިޔާތޮށި ހާރުގައި، އިނގިރޭސި "ވީ" އަކުރުގެ ބައްޓަމަށް ހުންނަ 3 ފަރުމާއެއް ހިމަނާފައިވެއެވެ. އެއީ 21 ވަނަ ކްރޮމޮޒޯމްގެ 3 ކޮޕީ ރަމްޒުކޮށްދިނުމަށް ކުރި ކަމެކެވެ.

މަޓެލް ކުންފުނީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެންޑް ގްލޯބަލް ހެޑް އޮފް ބާބީ އެންޑް ޑޯލްސް، ލީސާ މެކްނައިޓް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ހުރިހާ ކުދިންނަށްވެސް އެ ކުދިން ރަމްޒުކޮށްދޭ ބާބީ ޑޯލެއް ހޯދައިދިނުމެވެ.

މަޓެލް ކުންފުނިން ދަނީ އެކި ނަސްލުތަކުގެ، އެކި ޖިންސުގެ މީހުން ރަމްޒުކޮށްދޭ ބުދުތައް، ބާބީ ކަލެކްޝަނަށް އިތުރުކުރަމުންނެވެ. އަދި ޖިސްމާނީގޮތުން އެކި ކަހަލަ ތަފާތުތައް ހުންނަ މީހުން ރަމްޒުކޮށްދޭ ބާބީތައްވެސް ތައާރަފުކޮށްފައިވެއެވެ. އެގޮތުން، ޕްލާސްޓިކް ފައެއް ޖަހައި، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ބާބީއެއްވެސް މަޓެލްއިން ވަނީ ތައާރަފު ކޮށްފައެވެ. އަދި ހަގީގީ ދިރިއުޅުމުގެ މައިދާނުގައި ފާހަގަކޮށްލެވޭ އެކިއެކި އަންހެނުންނަށް ޚާއްސަ ބާބީވެސް ތައާރަފުކޮށްފައިވެއެވެ. އެގޮތުން އޮލިމްޕިކް މުބާރާތެއްގައި ބުރުގާ އަޅައިގެން އެމެރިކާ ތަމްސީލުކޮށް، ކާމިޔާބުކުރި އިބްތިހާޖު މުހައްމަދަށް ޚާއްސަކޮށްގެން، މަޓެލްއިން ވަނީ ބުރުގާއެޅި ބާބީއެއް ތައާރަފުކޮށްފައެވެ.

ޑައުންސް ސިންޑްރޯމް ނުވަތަ އާންމުކޮށް ކިޔާގޮތަށް ދަންނަވާނަމަ، ޑައުން ސިންޑްރޯމަކީ އުފެދުމުގައި ހުންނަ އުނިކަމެކެވެ. މިކަމަށް "ޓްރައިސޯމީ 21" އޭ ވެސް ކިޔައެވެ. އެއީ، 21 ވަނަ ޖޯޑުގައި 2 ކްރޮމޮޒޯމްގެ ބަދަލުގައި 3 ކްރޮމޮޒޯމް ހުންނާތީއެވެ. ކްރޮމޮޒޯއްގައި ހުންނަ އައިބެއްގެ ސަބަބުން، އުގެނުމުގައި ނުކުޅެދުންތެރިކަން ކުޑަކުދިންނަށް މެދުވެރިކުރުވާ އެންމެ އާންމު ސަބަބެއްކަމަށް ބެލެވިފައިވަނީ ޑައުން ސިންޑްރޯމެވެ. ޑައުން ސިންޑްރޯމް، މިނަން ދީފައިވަނީ، މި އުނިކަން ފުރަތަމަ ފަހަރަށް ހޯއްދެވި ޑޮކްޓަރ، ޖޯން ލޭންގޑޮން ޑައުންގެ ނަމާ ގުޅުވައިގެންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2018

އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް

20 މާރިޗު 2018
އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް
04 ޖެނުއަރީ 2018

ޓައިގާ ޒިންދާހޭ: އަދިވެސް ލިބޭ ކާމިޔާބު އިތުރު

04 ޖެނުއަރީ 2018
ޓައިގާ ޒިންދާހޭ: އަދިވެސް ލިބޭ ކާމިޔާބު އިތުރު
03 ޑިސެމްބަރު 2017

ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ

03 ޑިސެމްބަރު 2017
ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ
29 ނޮވެމްބަރު 2017

"އޯލްޑް އިޒް ގޯލްޑް"ގެ އިތުރު ޕާޓްނަރުންނާއި އެކު ސޮއިކޮށްފި

29 ނޮވެމްބަރު 2017
"އޯލްޑް އިޒް ގޯލްޑް"ގެ އިތުރު ޕާޓްނަރުންނާއި އެކު ސޮއިކޮށްފި
17 އޮކްޓޯބަރު 2017

ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!

17 އޮކްޓޯބަރު 2017
ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!
27 ސެޕްޓެމްބަރު 2017

"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ

27 ސެޕްޓެމްބަރު 2017
"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ
03 މެއި 2017

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
08 މާރިޗު 2017

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
07 ޖެނުއަރީ 2017

" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި

07 ޖެނުއަރީ 2017
" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް