Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗާގޯސް މައްސަލަ

ޗާގޯސް މައްސަލައިގައި އަޑި ނޭނގޭ ޑީލްތަކެއް ހަދާފައިވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

24 އެޕްރީލު 2023 | ހޯމަ 06:30

ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލާކަމަށް ސަރުކާރުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 އެޕްރީލު 2023 | ހޯމަ 06:30
މެންބަރު އާދަމް ޝަރީފް

މެންބަރު އާދަމް ޝަރީފް

މިހާރު ސުވާލު އުފެދިފައިވާ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އަޑި ނޭނގޭ ޑީލްތަކެއް ހަދާފައިވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އިހްތިސާސުން ބައެއް ގެއްލޭ ގޮތަށް ރާއްޖެއިން މޮރިޝަސް އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީ ހާމަކުރުމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖެއިން ބައެއް ވިއްކުމަށް ޑީލް ހަދާފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

Advertisement - newsAdvertisement

އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ބިމުން ވެލި ފުކެއްގެ މިންވަރު ވިޔަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުޑަ އިންޗިއެއްގެ މިންވަރު ވިޔަސް ރާއްޖެއިން އެހެން ބަޔަކަށް ދިނުމަކީ އެކަމަށް ދިވެހިން ދެކޮޅު ހަދާނެ ކަމެއް ކަމަށެވެ. އެހެންކަމަށް ވާއިރު ފޯޅަވަހި ހިމެނޭ ގޮތަށް ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ކަނޑައަޅާ ދިނުމަށް ބައިނަލްއަޤުވާމީ ކޯޓަކަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، ޗާގޯސް މައްސަލަ އަކީ އިގްތިސާދީ އަދި ސިޔާސީ މަސްރަހަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ މި މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްވެ ހުންނަވައިގެން އަޑި ނޭނގޭ ޑީލްތަކެއް ހަދާފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އަދި މޮރިޝަސް އަށް ސަރުކާރުން ފޮނުވި ސިޓީ ހާމަކުރުމަށާއި، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެފައި ވަނީ 23 މެންބަރުންގެ ވޯޓާއި އެކުގައެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަަމަށް 19 މެންބަރުން ވަނީ ވޯޓު ދެއްވާފައިވެއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް އިނގިރޭސިވިލާތުގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބޭއްވުމާމެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ބުނުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ބައެއް ގެއްލޭނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެއެވެ. މިހާރު ސުވާލު އުފެދިފައިވާ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތުގެ ތަފްސީލްތައް މަޖިލީހާ ހިއްސާކޮށްފައިވާކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ.

ރާއްޖޭގެ ސްޓޭންޑަށް ބަދަލު ގެނައި މައިގަނޑު ސަބަބަކީ އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޑިކޮލޮނައިޒޭޝަން މަރުހަލާ ފުރިހަމަ ނުވާ ކަމަށާ މޮރެޝިއަސްއަކީ ޗާގޯސްގެ ބައެއްކަމަށް އިޓްލޮސްއިން ނިންމުމެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަރައްގީވަމުން އަންނައިރު، އެފްރިކާގެ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތަކާއެކު ސިޔާސީ ގުޅުން ހިންގުމަށް މި ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދިނުންވެސް އެ ނިންމުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ޚާރިޖީ ސިޔާސަތުގެ މި ވިސްނުމުގެ ދަށުން، އަދި ޑިކޮލޮނައިޒޭޝަން މަރުހަލާއަށް އެއްބާރުލުން ދިނުމުގެ ގޮތުން، އދ.ގެ ވޯޓުގައި ޗާގޯސްއަށް މޮރިޝަސް އިން ކުރާ ދަޢުވާއަށް ތާއީދުކުރުމަށް ރާއްޖެއިން ވަނީ ނިންމާފައެވެ. އެގޮތުން 22 މެއި 2019 ގައި އައި.ސީ.ޖޭގެ ނިންމުން ތަންފީޒުކުރަން އދ އާއްމު މަޖިލީހުގައި ވޯޓު ނެގި އިރު ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދީފައިވެއެވެ. އެހެންނަމަވެސް "އެކްސްޕްލެނޭޝަން އޮފް ވޯޓް" ގައި ބުނީ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް 26 ޖުލައި 2010ގައި ހުށަހަޅާފައިވާ ސަބްމިޝަންއަށް އައި.ސީ.ޖޭގެ އެޑްވައިޒަރީ އޮޕީނިއަންގެ ސަބަބުން އަސަރުކުރާނެތީ އެގަރާރާ ދެކޮޅަށް ވޯޓު ދެނީކަމަށާއި، އެ ވޯޓަކީ ޑީކޮލޮ ނައިޒޭޝަނާ ދެކޮޅަށް ދޭ ވޯޓެއް ނޫންކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ

10 ޖެނުއަރީ 2017
ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް