Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްއެމްއީ ލޯނު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

1،207 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 އެޕްރީލު 2023 | ހުކުރު 07:46
ބާޒާރުމަތި

ބާޒާރުމަތި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އެސްއެމްއީ ބޭންކް (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގެންދަނީ ލޯނު ދޫކުރަމުންނެވެ. މިގޮތުން އެކި ދާއިރާތަކުން ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގެންދަނީ ލޯނު ދޫކުރަމުންނެވެ.

ދިވެހި ސަރުކާރުގެ ޓްވިޓަރ އެކައުންޓުގައި ބުރާސްފަތި ދުވަހު އާންމުކުރި މައުލޫމާތުގައިވާގޮތުން މިހާތަނަށް އައިއިރު އެސްޑީއެފްސީ މެދުވެރިކޮށް 1،207 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. ޖުމްލަ 1،258،580،566 (އެއް ބިލިއަން ދުއިސައްތަ ފަންސާސް އަށްމިލިއަން ފަސްލައްކަ އަށްޑިހަ ހާސް ފައްސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ވަނީ ކުދި ވިޔަފާރިތަކަށް ދޫކޮށްފައެވެ.

މިގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން 38 މީހަކަށް ލޯނު ދޫކޮށްފައިވާކަމަށް ހާމަކޮށްފައިވެއެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ޖުމްލަ 16،422،640 (ސޯޅަ މިލިއަން ހަތަރުލައްކަ ބާވީސްހާސް ހަސަތޭކަ ސާޅީސް) ރުފިޔާ ދޫކޮށްފައިވެއެވެ. މަސްވެރިކަމުގެ ދާއިރާއިން 145 މީހަކަށް 237،613،097 (ދުއިސައްތަ ތިރީސް ހަތްމިލިއަން ހަލައްކަ ތޭރަހާސް ނުވަދިހަ ހަތެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން 237 މީހަކަށް 336،001،505 (ތިންސަތޭކަ ތިރީސް ހަމިލިއަން އެއްހާސް ފައްސަތޭކަ ފަހެއް) ރުފިޔާ ދޫކޮށްފައިވެއެވެ. ދަތުރުފަތުރުގެ ސިނާއަތުން 102 މީހަކަށް 143،446،094 (ސަތޭކަ ސާޅީސް ތިންމިލިއަން ހަތަރުލައްކަ ސާޅީސްހަހާސް ނުވަދިހަ ހަތަރެއް) ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތުން 57 ފަރާތަކަށް 55،938،052 (ފަންސާސް ފަސްމިލިއަން ނުވަލައްކަ ތިރީސް އަށްމިލިއަން ފަންސާސް ދޭއް) ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ކޮމާރސްގެ ދާއިރާއިން 513 ފަރާތަކަށް 376،020،158 (ތިންސަތޭކަ ހަތްދިހަ ހަމިލިއަން ވިހިހާސް ސަތޭކަ ފަންސާސް އަށެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 9،853،333 (ނުވަމިލިއަން އަށްލައްކަ ފަންސާސްތިންހާސް ތިންސަތޭކަ ތިރީސް ތިނެއް) ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

އެސްޑީއެފްސީން ދޫކުރާ ލޯނުގެ 25 އިންސައްތަ ޚާއްޞަ ކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުރި މީހުންނަށެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ޚާއްސަ ބައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު