Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރައިންގެ ކޮމަރޝަލް ފްލައިޓް

އީރާނުން ޔޫކްރައިންގެ ކޮމަރޝަލް ފްލައިޓް ވައްޓާލި މައްސަލާގައި ހުކުމް އިއްވައިފި

18 އެޕްރީލު 2023 | އަންގާރަ 11:59

10 މީހެއްގެ މައްޗަށް ވަނީ ކުށް ސާބިތުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 އެޕްރީލު 2023 | އަންގާރަ 11:59
އީރާނުން ވައްޓާލި ޔޫކްރައިންގެ ކޮމަރޝަލް ފްލައިޓް

އީރާނުން ވައްޓާލި ޔޫކްރައިންގެ ކޮމަރޝަލް ފްލައިޓް

އީރާނުގެ ވެރިރަށް ތެހްރާން ކައިރިން ދަތުރު ކުރަމުން ދަނިކޮށް، ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް 752 ވައްޓާލި ހާދިސާއާ ގުޅިގެން، އީރާނުގެ ކޯޓުން އެންމެ ފަހުގެ ހުކުމް އިއްވައިފިއެވެ.

އީރާނާއި އެގައުމުގެ ޒަމާންވީ ހަތުރު، އެމެރިކާއާ ދެމެދު އިންތިހާއަށް މަސްރަހު ނުތަނަވަސްވެ ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮއްވައި، ޔޫކްރައިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ކޮމަރޝަލް ފްލައިޓެއް އީރާނުގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް، އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފިކަމަށްވާ ރިވަލޫޝަނަރީ ގާޑުން އެ ބޯޓަށް ހަމަލާދީ ވައްޓައިލީ ޖެނުއަރީ 8، 2020 ވަނަ ދުވަހުއެވެ.

އޭޕްރިލް 16 ވަނަ ދުވަހު އީރާނުގެ ކޯޓުން އިއްވި އެންމެ ފަހުގެ ހުކުމުގައި 10 މީހެއްގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. ދައުވާ ލިބުނު އެންމެ އިސް މީހާގެ މައްޗަށް އިއްވާފައިވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ބާކީ ތިބި މީހުންގެ މައްޗަށް އިއްވާފައިވަނީ 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެކެވެ.

ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޚުދާއީ (ފުރިހަމަ ނަން ދީފައި ނުވޭ) ވިދާޅުވިގޮތުގައި، މަތިންދާ ބޯޓު ފަރުމާކޮށް އުފެއްދި ގައުމުގެ ހައިސިއްޔަތުން ތަހުގީގުގައި ބައިވެރިވުމުގެ ފުރުސަތު އެމެރިކާއަށް ދީފައިވާކަމަށާއި، މަތިންދާ ބޯޓު ރަޖިސްޓްރީކޮށް ބޭނުން ކުރަމުން ދިޔަ ގައުމުގެ ހައިސިއްޔަތުން ޔޫކްރައިންއަށްވެސް ފުރުސަތު ދީފައިވާކަމަށެވެ.

އީރާނުގެ އާރމްޑް ފޯރސަސް ޖުޑީޝަރީ ނުވަތަ އަސްކަރިއްޔާގެ ޝަރުއީ ގޮފީގެ އިސްވެރިޔާ ޕޫރު-އަޣަޚާން ވިދާޅުވީ، ފަނޑިޔާރުންނާއި ޖޫރީންނަކީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، އެންމެ އިންސާފުވެރިކަމާއެކު ނިޔާގެ ވޯޓު ދިން ބައެއް ކަމަށެވެ.

އީރާނުގެ ވެރިރަށް ތެހްރާނުން އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 2 މިސައިލް ހަމަލާއެއް ދީ، ޔޫކްރައިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ކޮމަރޝަލް ފްލައިޓް ޕީއެސް752 ވައްޓާލީ، އީރާންގެ އަސްކަރިއްޔާއަށް އެރި އޮޅުމެއްގެ ތެރެއިން ކަމަށް، އީރާނުން ވަނީ ބުނެފައެވެ.

ފްލައިޓުން ދަތުރުކުރި 176 މީހުންގެ ފުރާނަ ގެއްލިދިޔަ މި ހިތާމަވެރި ހާދިސާގައި، ކެނެޑާގެ ރައްޔިތުންނާއި ދާއިމީ ރަށްވެހިން ހިމެނޭހެން 85 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީ ގަސްތުގައި ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް ކަމަށް، ކެނެޑާގެ ކޯޓަކުން ވަނީ ހުކުމްވެސް ކޮށްފައެވެ. އޮންޓާރިއޯގެ ސުޕީރިއާ ކޯޓް އޮފް ޖަސްޓިސްގެ މި ހުކުމަކީ، ކެނެޑާގެ ޝަރުއީ ހަޔާތުގެ ތާރީޚުގައިވެސް މިފަދަ ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.

ޔޫކްރައިނަށް ދަތުރު ކުރަމުން ދިޔަ ބޮއިންގް 737-800 މަރުކާގެ، ކޮމަރޝަލް ފްލައިޓް ޕީއެސް752 ވައްޓާލާފައިވަނީ، އީރާނުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު، ގާސިމް ސުލައިމާނީ އަވާހަރަކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

ރަޝިއާ، ތުރުކީ އަދި އީރާނުން "ސީރިއަން ކޮންގްރެސް" ބޭއްވުމަށް އެއްބަސްވެއްޖެ

23 ނޮވެމްބަރު 2017
ރަޝިއާ، ތުރުކީ އަދި އީރާނުން "ސީރިއަން ކޮންގްރެސް" ބޭއްވުމަށް އެއްބަސްވެއްޖެ
06 ނޮވެމްބަރު 2017

އީރާނުން ހިންގީ ހަނގުރާމައިގެ އަމަލެއް: ސައޫދީ

06 ނޮވެމްބަރު 2017
އީރާނުން ހިންގީ ހަނގުރާމައިގެ އަމަލެއް: ސައޫދީ
30 ސެޕްޓެމްބަރު 2017

އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި

30 ސެޕްޓެމްބަރު 2017
އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި
08 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ
07 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
14 އެޕްރީލު 2017

އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ

14 އެޕްރީލު 2017
 އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް