Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުން

މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގާނެ

18 އެޕްރީލު 2023 | އަންގާރަ 03:13

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މޯލްޑިސްވްސް އިންލަޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 އެޕްރީލު 2023 | އަންގާރަ 03:13
ޑެލިވަރީކުރުން

ޑެލިވަރީކުރުން

18 ޑިސެމްބަރު 2022 ގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "ކުނި މެނޭޖްކުރުގެ ޤާނޫނު" ގައި ވާގޮތަށް މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށައިފިއެވެ.

"ކުނި މެނޭޖްކުރުގެ ޤާނޫނު" ގައި ވާގޮތުން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހެއެވެ. އަދި، މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މޯލްޑިސްވްސް އިންލަޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުން ވަނީ ލާޒިމުކޮށްފައެވެ.

މީރާއިން އާއްމުކޮށްފައިވާ ގަވާއިދުގައި ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް އަދި، ފައިސާ ދައްކާނެ ގޮތް ވަނީ ހިމަނައިފައެވެ. ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު، ޖީއެސްޓީ ބަޔާނުގައި ހުށަނާޅާ ނަމަ އެއީ ގާނޫނީ ކުށެކެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން ފީ ނެގޭ މުއްދަތުގައި ދައްކަންޖެހޭ ފީގެ އަދަދުގެ 0.5 އިންސައްތައިން ޖޫރިމަނާ ކުރުމާއެކު މައުލޫމާތު ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް 50 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެގެންވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" ހިމެނެއެވެ.

ޖީއެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ހިންގާ ވިޔަފާރި ހަރަކާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކަސްޓަމަރުގެ އަތުން ނަގާފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދަކީ ޤާނޫނާއި ގަވާއިދާ އެއްގަތޮށް ހިސާބުކޮށްފައިވާ އަދަދެއްކަން ކަށަވަރު ކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހަހައްޓަން ވާނެ ކަމަށާއި ބަލަހައްޓަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ގަވާއިދުގައި ހިމަނާފައި ވާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ހއ. ފެށިގެން ތ. އަތޮޅަށް ގަދައަށް ވިއްސާރަކުރާނެ: މެޓް

30 މެއި 2017
ހއ. ފެށިގެން ތ. އަތޮޅަށް ގަދައަށް ވިއްސާރަކުރާނެ: މެޓް
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް