Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހޮހޮޅައެއްގައި މީހަކު ހުރުން

ސްޕެއިންގެ އެތުލީޓަކު 500 ދުވަހު ހޮހޮޅައެއްގައި އުޅުމަށްފަހު ނުކުމެއްޖެ

ބިމުއަޑީގެ ތަނެއްގައި އެންމެ ގިނަ ދުވަހު ތިބި ކަމަށް އަދި ރިކޯޑު ކުރެވިފައިވަނީ މައިނެއްގައި ބަންދުވެފައި ތިބި ޗިލީ އަދި ބޮލީވިޔާގެ 33 މައިނަރުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 17:55
ސްޕެއިންގެ އެތުލީޓް ބީޓްރިޒް ފްލެމީނީ

ސްޕެއިންގެ އެތުލީޓް ބީޓްރިޒް ފްލެމީނީ

ސްޕެއިންގެ އެތުލީޓަކު 500 ދުވަހު އެކަނި ހޮހޮޅައެއްގައި އުޅުމަށް ފަހު ބޭރަށް ނުކުމެއްޖެއެވެ. މި މުއްދަތުގައި އޭނާ އެހެންއެއްވެސް މީހަކާ ވާހަކަދައްކާ ހަދާފައި ނުވާކަމަށް ވެއެވެ.

އެތުލީޓު ބީޓްރިޒް ފްލެމީނީ ގްރެނާޑާގައިވާ ހޮހޮޅަޔަށް ވަންއިރު ރަޝިޔާއިން ޔޫކްރެއިންވެސް ނުހިފައެވެ. އަދި މުޅި ދުނިޔެ އޮތީ ކޮވިޑް 19ގެ ކަސްތޮޅުން ބަނދެވިފަ އެވެ. ބީޓްރިޒް ފްލެމީނީ ހޮހޮޅައަށް ވަދެފައިވަނީ އެތައް ސައިންޓިސްޓުންނެއް ގުޅިގެން ކުރިޔަށް ގެންދިޔަ ސައިންސް އެކްސްޕެރިމެންޓެއްގެ ބައެއްގެ ގޮތުގައެވެ.

ހޮހޮޅައިން ނުކުތުމަށް ފަހު އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ސިކުނޑި އަދިވެސް ވަނީ އޭނަ ހޮހޮޅަޔަށް ވަން ތާރީޚު ކަމަށްވާ 21 ނޮވެމްބަރު 2021ގައި ހުއްޓިފަ ކަމަށާއި ދުނިޔޭގައި ހިންގަމުންދާ އެއްވެސް ކަމެއް އޭނާއަކަށް ނޭނގޭ ކަމަށެވެ.

އުމުރުން މިހާރު 50 އަހަރުގެ ފްލެމީނީ ހޮހޮޅަޔަށް ވަންއިރު އުމުރަކީ 48 އަހަރެވެ. 230 ފޫޓު އަޑީގައިވާ ހޮހޮޅައިގައި އޭނަ ވަގުތު ހޭދަކޮށްފައިވަނީ ކަސްރަތު ކުރުމާއި ކުރެހުމުގައި އަދި ވޫލުން ތޮފި ވިޔުމުގައެވެ. މި މުއްދަތުގައި އޭނާ 60 ފޮތް ކިޔައި އަދި އެއްހާސް ލީޓަރުގެ ފެން ބޭނުން ކޮށްފައިވާކަމަށް އޭނާގެ ސަޕޯޓް ޓީމުން ބުނެފައިވެއެވެ. ހޮހޮޅައިގައިވީ މުއްދަތުގައި ސައިކޮލޮޖިސްޓުންނާއި ރިސަރޗް ކުރާ ފަރާތްތަކުގެ އިތުރުން ހޮހޮޅައިގެ ކަންތައްތައް ދިރާސާ ކުރާ ފަރާތްތައް ހިމެނޭ ޓީމަކުން ގެންދިޔައީ އޭނާގެ ހަރަކާތްތައް މޮނިޓަރ ކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް އެކްސްޕާރޓެއް އޭނާއާ ގުޅައި ވާހަކަ ދައްކާ ހަދާފައެއް ނުވެއެވެ.

ފްލެމީނީ ހޮހޮޅައިން ނުކުތް މަންޒަރު ސްޕެއިން ޓީވީއިން ދައްކާފައިވެއެވެ. ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އޭނާހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އިހުސާސްކުރެވެނީ އޭގެ ދެވަނައެއް ނެތް ފަދަ އިހުސާސެއް ކަމުގައެވެ. އިތުރު ތަފްސީލު ދިނުމަށް ނޫސްވެރިން އެދުމުން އޭނާ ބުނެފައިވަނީ ދޮޅު އަހަރު ވަންދެން އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް ފަރާތަކާ ވާހަކަ ނުދައްކާ ހުރުމުން ވާހަކަ ދައްކަން އުނދަގޫ ކަމަށެވެ. ދޮޅު އަހަރު ވަންދެން ރަނގަޅަށް ފެންވަރާ ނުލާކަމަށާއި ފެންވަރައިގެން ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ފްލެމީނީ ނޫސްވެރިން ގާތު ބުނެފައިވާ ގޮތުގައި ދެމަހެއްހާ ދުވަހުގެތެރޭ ދުވަސްދާވަރު އޮޅިއްޖެ އެވެ. އަދި އޭނާއަށް ހީވަނީ ހޮހޮޅައިގައި ހުރެވުނީ 160 ދުވަހާ 170 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ. އެންމެ ދަތި ކަމަކަށް ދިމާވީ މުޅިމީހާ ނުފެންނަހާ ގިނަ އަދަދަށް މެހި ހޮހޮޅުތެރެޔަށް ވަދެގެން ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ޒާތްޒާތުގެ އަޑުތައް އިވޭތީ ވެސް އުނދަގޫވި ކަމަށް ބުނެފައިވެއެވެ. މިހެން ދިމާވަނީ އެހާ ހިމޭން ތަނެއްގައި އެހާ ގިނަދުވަހު ހުރުމުން ސިކުޑި ހަދާ "ޓްރިކް" އަކުން ކަމަށް ވެއެވެ.

ފްލެމީނީ ހޮހޮޅައިގައިވީ ވަގުތު ބޭނުންކޮށްގެން މާހިރުން ވަނީ "ސޯޝަލް އައިސޮލޭޝަން" ނުވަތަ ދިގު މުއްދަތަކަށް މުޖްތަމައާ ވަކިވުމުން އިންސާނުންނަށް އެކަމުން ކުރާ އަސަރު ދިރާސާ ކޮށްފައެވެ.

ފްލެމީނީގެ ސަޕޯޓް ޓީމުން ބުނާ ގޮތުގައި އޭނަވަނީ ހޮހޮޅައެއްގައި އެކަނި އެންމެ ގިނަ ވަގުތު ހޭދަކުރުމުގެ ދުނިޔޭގެ ރިކޯޑު މުގުރާލާފައެވެ.

ބިމުއަޑީގެ ތަނެއްގައި އެންމެ ގިނަ ދުވަހު ތިބި ކަމަށް އަދި ރިކޯޑު ކުރެވިފައިވަނީ މައިނެއްގައި ބަންދުވެފައި ތިބި ޗިލީ އަދި ބޮލީވިޔާގެ 33 މައިނަރުންނަށެވެ. 2010 ވަނަ އަހަރު ހިނގި ހާދިސާއެއްގައި މައިނެއްގެ ބައެއް ވެއްޓުމާއި ގުޅިގެން އެމީހުން ވަނީ 69 ދުވަސް ބިމު އަޑީގައި ހޭދަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

18 ޖޫން 2017
"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

27 މެއި 2017
"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

22 މެއި 2017
"މީ ލޯތްބަކީ"  ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ

"މީ ލޯތްބަކީ" ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ

10 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު