Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިއާއިން އީރާނަށް ތެޔޮ އެކްސްޕޯޓްކުރުން

ރަޝިއާއިން އީރާނަށް ތެޔޮ އެކްސްޕޯޓްކުރަން ފަށާފައިވާކަމުގެ ވާހަކަތަކެއް

14 އެޕްރީލު 2023 | ހުކުރު 14:52

ފެބްރުއަރީ އަދި މާޗް މަހު ރަޝިއާއިން ވަނީ އީރާނަށް 30،000 ޓަނުގެ ގޭސޮލީންއާއި ޑީސެލް ސަޕްލައިކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 އެޕްރީލު 2023 | ހުކުރު 14:52
ރަޝިއާއިން އީރާނަށް ތެޔޮ އެކްސްޕޯޓްކުރަން ފަށާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި

ރަޝިއާއިން އީރާނަށް ތެޔޮ އެކްސްޕޯޓްކުރަން ފަށާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި

ރަޝިއާއިން އީރާނަށް ތެޔޮ އެކްސްޕޯޓްކުރަން ފަށާފައިވާކަމަށް މީޑިއާތަކުން މިވަނީ ރިޕޯޓުކޮށްފައެވެ. އެކްސްޕޯޓް ޑޭޓާތަކާއި ސިނާއަތުގެ ތަފާތުގެ މަސްދަރުތަކުން ރިޕޯޓުކޮށްފައިވާގޮތުން، މިއަހަރު ރަޝިއާއިން ވަނީ ރޭލު މެދުވެރިކޮށްގެން އީރާނަށް ތެޔޮ އެކްސްޕޯޓްކުރަން ފަށާފައެވެ.

ރަޝިއާއާއި އީރާނަކީވެސް ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެގައުމެވެ. މިދެގައުމުންވެސް ގަބޫލުކުރާގޮތުގައި މި ފިޔަވަޅުތަކަކީ ގަބޫލުކުރެވޭފަދަ ސަބަބަކާނުލައި އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނާއި ރަޝިއާއިން ދަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރަމުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ އެގައުމުތަކުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ރަޝިއާއިން އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާއެކު، ރަޝިއާއިން އުފައްދާ ތެލަށް ހުޅަނގުން ވަނީ ވަރުގަދަ ދަތިކުރުމުގެ ފުޔަވަޅުތަކެއް އަޅާފައެވެ. މިއާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އީރާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުގައި އެގައުމުން ބާކީވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

ރަޝިއާއިން އީރާނަށް ތެޔޮ އެކްސްޕޯޓްކުރަން ފަށާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރަން ފަށާފައި ވީނަމަވެސް އީރާނާއި ރަޝިއާގެ ކަމާ ގުޅުންހުރި މިނިސްޓްރީއެއްގެ ބަހެއް އަދި މިކަމުގައި ލިބިފައެއްނުވެއެވެ.

މިދިޔަ އަހަރު، ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު، އެލްގްޒެންޑަރ ނޮވަކް ވަނީ، ރަޝިއާއާއި އީރާނުން ތެލުގެ އުފެއްދުންތަކުގެ ވިޔަފާރިކުރަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. ނަމަވެސް ތެލުގެ ޝިޕްމެންޓުތައް އެއްގައުމުން އަނެއް ގައުމަށް ގެންދަން ފަށާފައިވަނީ މިއަހަރުކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މިއަހަރުގެ ފެބްރުއަރީ އަދި މާޗް މަހު ރަޝިއާއިން ވަނީ އީރާނަށް 30،000 ޓަނުގެ ގޭސޮލީންއާއި ޑީސެލް ސަޕްލައިކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ މިހާތަނަށް ކޮށްފައިވާ ސަޕްލައިތަކުގެ ސީދާ އަދަދު ބުނަން ދަތިކަން ފާހަގަކުރަމުންނެވެ.

ރަޝިއާއިިން އީރާނަށް ތެޔޮ ސަޕްލައިކޮށްފައި ވަނީ ކަޒަކްސްތާން އަދި ތުރްކްމެނިސްތާން ހުރަސްކޮށް، ރޭލުގައި ކަމަށާއި، އީރާނުން މިތެޔޮ އެގައުމުގެ އަވައްޓެރި އެހެން ގައުމުތަކަށް، ޓްރަކް މެދުވެރިކޮށް ފޯރުކޮށްދީފައިވާކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

އީރާނަކީ އަމިއްލައަށް ތެޔޮ އުފައްދާ އަދި އަމިއްލަ ރިފައިނަރީތަކެއް ހުރި ގައުމެއް ނަމަވެސް، ފަހަކަށް އައިސް އެގައުމުގައި ތެޔޮ އުފައްދާ މިންވަރާ އަޅައިބަލާއިރު، ތެޔޮ ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ހާއްސަކޮށް އީރާނުގެ އުތުރުގެ ޕްރޮވިންސްތަކުގައި މިކަންތައް ފާހަގަކުރެވެއެވެ.

2018 ވަނަ އަހަރުގެ ތެރޭގައިވެސް ރަޝިއާއިން ވަނީ އީރާނަށް ތެޔޮ ސަޕްލައި ކޮށްފައެވެ.

ލޮޖިސްޓިކް ގޮންޖެހުންތަކެއް ހުރި ނަމަވެސް މިއަހަރުގެ ތެރޭގައި ރަޝިއާއިން އީރާނަށް ތެޔޮ ސަޕްލައިކުރާވަރު އިތުރުވެގެން ދާނެކަމަށްވެސް މާހިރުން ލަފާކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2023

ބްލެކް ސީ ސަރަޙައްދުގައި އެމެރިކާއާއި ރަޝިއާއިން ކުރިމަތިލުމަކަށް؟

16 މާރިޗު 2023
ބްލެކް ސީ ސަރަޙައްދުގައި އެމެރިކާއާއި ރަޝިއާއިން ކުރިމަތިލުމަކަށް؟
04 ޖެނުއަރީ 2023

3000 ލީޓަރު ތެޔޮ ސާފުކުރަން ދިވެހި ސިފައިން ދެއްކީ، ގައުމީ "މޮރާލް"ގެ މިސާލެއް

04 ޖެނުއަރީ 2023
3000 ލީޓަރު ތެޔޮ ސާފުކުރަން ދިވެހި ސިފައިން ދެއްކީ، ގައުމީ "މޮރާލް"ގެ މިސާލެއް
13 ޖުލައި 2022

ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު، ނައިޖީރިޔާފަދަ ތެޔޮ ނަގާ ބިޔަ ގައުމުތައްވެސް ސޯލާރ އެނަރޖީއާ ދިމާއަށް

13 ޖުލައި 2022
ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު، ނައިޖީރިޔާފަދަ ތެޔޮ ނަގާ ބިޔަ ގައުމުތައްވެސް ސޯލާރ އެނަރޖީއާ ދިމާއަށް
02 ޖުލައި 2022

ހަތިޔާރު ހުސްވާކަމަށް ރަޝިއާއިން އެންމެ ފަހުން އިއުތިރާފުވީތަ؟

02 ޖުލައި 2022
ހަތިޔާރު ހުސްވާކަމަށް ރަޝިއާއިން އެންމެ ފަހުން އިއުތިރާފުވީތަ؟
26 ޖޫން 2022

އޭޝިޔާގެ ގައުމުތަކުގައި ތެޔޮއަގުބޮޑުވާތީ އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟

26 ޖޫން 2022
އޭޝިޔާގެ ގައުމުތަކުގައި ތެޔޮއަގުބޮޑުވާތީ އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟
21 ޖޫން 2022

ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ "ރަހީނަކީ" އެފްރިކާ: ޒެލެންސްކީ

21 ޖޫން 2022
ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ "ރަހީނަކީ" އެފްރިކާ: ޒެލެންސްކީ
24 ފެބުރުއަރީ 2022

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

24 ފެބުރުއަރީ 2022
ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
16 އޯގަސްޓު 2020

މޮރިޝަސްގެ ފަރަށް ތެޔޮ ބޯޓެއް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރޭގައި

16 އޯގަސްޓު 2020
މޮރިޝަސްގެ ފަރަށް ތެޔޮ ބޯޓެއް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރޭގައި
25 ޑިސެމްބަރު 2019

ސެންޓަށް ވުރެ އުއްޗުއަށް ކަމުދަނީ ޒައިތޫނި ތެޔޮ!

25 ޑިސެމްބަރު 2019
ސެންޓަށް ވުރެ އުއްޗުއަށް ކަމުދަނީ ޒައިތޫނި ތެޔޮ!
08 ޖޫން 2017

އީރާނަށް އައިއެސް ވަނީތަ؟

08 ޖޫން 2017
އީރާނަށް އައިއެސް ވަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް