Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮރޫޝިއާ ޑޯޓްމަންޑު

ޑޯޓްމަންޑުގެ އެއްބަސްވުން ޖޫލިއަން ބްރާންޓް އައުކޮށްފި

11 އެޕްރީލު 2023 | އަންގާރަ 23:53

އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2023 | އަންގާރަ 23:53
ޑޯޓްމަންޑުގެ އެއްބަސްވުމުގައި ބްރާންޓް ސޮއި ކުރަނީ

ޑޯޓްމަންޑުގެ އެއްބަސްވުމުގައި ބްރާންޓް ސޮއި ކުރަނީ

ބޮރުޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން އެޓޭކިން މިޑްފީލްޑަރު ޖޫލިއަން ބްރާންޓް އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި އެވެ.

ބަޔާ ލެވަކޫސަން ދޫކޮށް ބްރާންޓް ޑޯޓްމަންޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބުން އޭރު އޭނާ ހޯދީ ލެވަކޫސަންގައި ވެސް އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ޑޯޓްމަންޑުން އޭރު ބްރާންޓް ހޯދުމަށް ލެވަކޫސަނަށް 25 މިލިއަން ޔޫރޯ ދެއްކި ކަަމަށް ރިޕޯޓުތައް ބުނެ އެވެ. އޭރު އޭނާ ޑޯޓްމަންޑަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާ ގޮތަށް އޮތް ނަމަވެސް، ޑޯޓްމަންޑުން ބޭނުންވީ ބްރާންޓްގެ އެއްބަސްވުން އައު ކުރުމަށެވެ. ބާކީ އެއް އަހަރު އޮއްވާ ޑޯޓްމަންޑުން އޭނާގެ އެއްބަސްވުން އައު ކުރީ ޔޫރަޕުގެ އެހެން ކުލަބުތަކުން ވެސް އޭނާ އަށް ލޯ އަޅަމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޑޯޓްމަންޑުގެ އެއްބަސްވުން ބްރާންޓް އައުކުރީ އިތުރު ދެ އަހަރަށެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބްރާންޓް ވަނީ މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 162 މެޗުގައި 29 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު ޖަރުމަނު ކަޕެއް ކާމިޔާބުކޮށްފަ އެވެ. ބްރާންޓްއާ ގުޅޭ ގޮތުން ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިިކް ބުނީ، އޭނާ އަކީ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، ޑޯޓްމަންޑުގެ ވައްޓަފާޅީގައި އޭނާ އަށް ކުޅެވޭނެ ކަމަށެވެ. އެހެންކަމުން ބްރާންޓް ކުލަބުގައި ބަހައްޓަން ބޭނުންވާ ކަން މީގެ ކުރިން ވެސް ޓާޒިކް ވަނީ ހާމަކޮށްފަ އެވެ. ބްރާންޓް ވަނީ 2016 ވަނަ އަހަރު ޖަރުމަނުގެ ޤައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި ވެސް އޭނާ ކުޅުނެވެ. ނަމަވެސް މިދިޔަ އަހަރު ޤަތަރުގައި ނިމުނު ވޯލްޑް ކަޕަށް ޖަރުމަނުން އެކުލަވާލި ސްކޮޑުގައި އޭނާ ހިމަނައިފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

3

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

4

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި

03 ސެޕްޓެމްބަރު 2017
ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި
12 އޯގަސްޓު 2017

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް