Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހެކި ނައްތާލުމަށް ފުލުހުން މަސައްކަތް ކޮށްފައިވޭ: އާއިލާ

6 ޖުލައި 2017 | ބުރާސްފަތި 09:16

ޔާމީންގެ ބައްޕަ ބުނީ ޔާމީން މަރުވި ދުވަހު، މަރާލާފައިވާތަން ސާފުކޮށް، ކުލަ ލާފައިވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޖުލައި 2017 | ބުރާސްފަތި 09:16
ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު: ނޫސްވެރިންނަށް މައުލޫމާތު ދެނީ

ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު: ނޫސްވެރިންނަށް މައުލޫމާތު ދެނީ

ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ބުލޮގަރ އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހެކި ނައްތާލުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް ޔާމީންގެ ރަޝީދުގެ އާއިލާއިން ތުހުމަތު ކޮށްފި އެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ބައެއް ހެކި ފުލުހުން ނައްތާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ހެކިތަކެއް ކަމެއް ހުސައިން ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހުސައިން ބުނީ ޔާމީން މަރާލި ދުވަހު ފުލުހުންގެ ހުއްދައާއެކު ޔާމީން މަރާލާފައި އޮއްވާ ފެނުނު ތަން ސާފުކޮށް ކުލަ ލާފައިވާ ކަމަށާއި ބަޔަކު މީހުން މިވަރުގެ ބޮޑު ޖަރީމާއެއް ހިންގިއިރު، އެހާ އަވަހަށް އެތަން ސާފުކުރު ކުރުމަކީ ހެކި ނައްތާލުމަށް ފުލުހުން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ހުސައިން ބުނީ ޔާމީން ރަޝީދަށް މަރުގެ އިއްޒާރު ތަކުރާރުކޮށް ދީފައިވާ ކަމަށާއި އެކަން ފުލުހުުންނަށް ހުށަހެޅުމުން އެކަމާ ފުލުހުން އިހުމާލު ވެފައިވާ ކަމަށެވެެ. އެހެންކަމުން ސިވިލް ކޯޓަށް ފުލުހުންނާ ދެކޮޅަށް އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޓާރނީ ޖެނެރަލްގެ އޮފީހުން އެމައްސަލައިގައި ސިވިލް ކޯޓުގައި އެދިފައިވަނީ އެ މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތް ސިއްރުކުރަން ކަމަށް ވާތީ އެއީ ސިއްރުކުރަންޖެހޭ ކަމެއް އޮތް މައްސަލައެއް ނޫން ކަމަށާއި މިފަދަ ކަންކަން ދައުލަތުން ކުރަމުންދާތީ އިތުރަށް ސުވާލު އުފެދޭ ކަމަށް ހުސެން ބުންޏެވެ. އަދި ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރާކަމަށް މީގެ ކުރިންވެސް އާއިލާ އިން ބުނި ބުނުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހުސައިން ތަކުރާރުކޮށްފައި ވެ އެވެ.

މީގެ އިތުރުން ޔާމީންގެ ބައްޕަ ހުސައިން ބުނީ، ޔާމީން ވަނީ މަރާލެވިފައި ކަމަށާއި އޭނާ އަނބުރާ ނާންނާނެކަން އެނގިހުރެ، ޔާމީން މަރުގެ މައްސަލައިގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުން ދަނީ މިފަދަ ހިތާމަވެރިކަމެއް އެހެން ބައްޕައަކަށް ނުވަތަ މަންމައަކަށް ދިމާވުން ދުރުކޮށް، ދިވެހިރާއްޖެއަކީ އަމަންކަމާއެކު އުފާވެރި ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ބޭނުމުގައި ކަމަށެވެ.

ހުސައިން ބުނީ ޔާމީން މަރާލިކަމަށް ފުލުހުން ތުހުމަތުކޮށް، އާއްމުކޮށްފައިވާ ތިން މީހުން ޔާމީން މަރާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ޔާމީން މަރާލި ބަޔަކު އެކަންކުރީ އޭގެ ފަހަތުގައި ކޮށްކަމެއް އޮވެގެންކަން ސާފުވާން ޖެހޭ ކަމަށާއި އެކަމަށް ޚަރަދުކުރި ބަޔަކާއި ޔާމީން މަރާލުމުގެ މަގްޞަދު އެނގެން ބޭނުންވާ ކަމަށެވެ. ހަމަ އެކަނި ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހާމަކުރުމަކުން ނުފުދޭ ކަމަށް ވެސް ހުސައިން ބުންޏެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް