Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ކްލޮޕް ބުނީ އާސެނަލް މެޗަކީ ރަނގަޅު މިސްރާބުގައި ދިޔުމަށް އެޅުނު ފިޔަވަޅެއް ކަމަށް

ދެ ވަނަ ހާފުގައި ލިބުނު ފުރުސަތުތަކާއެކު މެޗު މުޅިން ލިވަޕޫލް ކޮޅަށް ނިންމާލުމުގެ ފުރުސަތު ވެސް އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2023 | އަންގާރަ 03:58
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލް މިހާރު ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި ކަމަށާއި، އާސެނަލް މެޗަކީ އެކަމުގެ ފިޔަވަޅެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ދެ ލަނޑުގެ ލީޑެއްގައި އާސެނަލް އޮއްވާ، ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ކްލޮޕް ބުނީ، މެޗު ނިންމާފައި އައި ވަގުތު އޭނާގެ ބޮލުގައި އިނީ "މެޗުން މޮޅު ނުވެވެންވީ ކީއްވެ؟" އެ ސުވާލު ކަމަށެވެ. ނަމަވެސް މެޗުން މޮޅު ނުވެވުން ކަމަށް އޭނާ ބުންޏެވެ. ކްލޮޕް ބުނީ، މެޗުން ލިބުނީ ޕޮއިންޓެއް ކަމަށާއި، އެވަރު ވެސް ރަނގަޅު ކަމަށެވެ. އަދި އެއީ ރަނގަޅު މިސްރާބުގައި ކުރިއަށް ދިޔުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އޭނާ ބުނީ މި ސީޒަންގެ ތެރޭގައި ދިމާވި އެންމެހައި ކަންކަމާއެކު ވެސް، އާސެނަލް މެޗުގައި ފެނުނީ ލިވަޕޫލްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ވެސް ކުރި މަންޒަރު ކަމަށެވެ. އެގޮތުން މެޗުގައި އާސެނަލް އިން ފުރަތަމަ ލަނޑު ޖެހުމަށްފަހު، ދެ ވަނަ ލަނޑު ވެސް ޖެހީ މޮޅަށް ކުޅެގެން ކަމަށެވެ. އަދި ތިން ވަނަ ލަނޑެއް ޖެހުމަށް ވެސް ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް އެކަން ނުކުރެވުން ކަމަށެވެ. އޭނާ ބުނީ އެކަން ނުކުރެވުނީ ލިވަޕޫލްގެ ކުޅުންތެރިން ރަނގަޅަށް ކުޅުމުން ކަމަށެވެ. އަދި އޭގެ ފަހުން ފެނުނީ ލިބެމުން އައި ފުރުސަތުތަކުގައި ލިވަޕޫލްގެ ކުޅުންތެރިން ވަރަށް ބޮޑަށް ތައްޔާރަށް ތިބި މަންޒަރު ކަމަށާއި، ދެ ވަނަ ހާފުގައި ލިބުނު ފުރުސަތުތަކާއެކު މެޗު މުޅިން ލިވަޕޫލް ކޮޅަށް ނިންމާލުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. ނަމަވެސް އެކަން ނުކެރެވުނީ މެޗުގެ ޕްރެޝަރު އޮތް ގޮތުން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނީ ޖުމުލަ ގޮތެއްގައި މެޗުގައި ލިވަޕޫލް އިން ދެއްކީ ހިތްހަމަޖެހޭ ކުޅުމެއް ކަމަށާއި، ރަނގަޅު މިސްރާބުގައި ދެވޭ ކަމަށް ބުނަނީ އެހެންވެ ކަމަށެވެ. އާސެނަލް އަކީ މިވަގުތު އެންމެ ފޯމުގައި އޮތް އެއް ޓީމު ކަމަށާއި، އެ ޓީމާ ދެކޮޅަށް ދެ ލަނޑު ފަހަތުން އަރައި އެއްވަރުވުމުން ވެސް އެއީ ހިތްހަމަޖެހުމެއް ކަމަށް ފާހަގަކޮށް ކްލޮޕް ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަމާއެކު ލިވަޕޫލަށް މޮޅަށް ކުޅެވޭނެ ކަމަށެވެ. ކްލޮޕް ބުނީ ކުރިން ވެސް އޭނާ ފާހާގަ ކުރި ގޮތަށް ލިވަޕޫލް ހަމަ މަގަށް އެޅުވޭނެ ކަމަށާއި، ނަމަވެސް ވަގުތު ނަގާނެ ކަމަށެވެ.

ލިވަޕޫލަށް ދެން އޮތީ ލީގުގައި މި މަހުގެ 18 ވަނަ ދުވަހު ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު