Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަމަޟާން ކެރަމް ކަޕް

ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން އިސްމާއީލް އަދި އާމިރު އަށް، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޝުބާ އަދި ރަޔާނާ އަށް

ކެރަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ މިއީ ހަތް ވަނަ މުބާރާތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 02:35
ކެރަމް އަންހެން ޑަބަލްސް ފައިނަލްގެ ތެރެއިން

ކެރަމް އަންހެން ޑަބަލްސް ފައިނަލްގެ ތެރެއިން

ރަމަޟާން ކެރަމް ކަޕްގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން އިސްމާއީލް ޢަބްދުއް ޙަކީމް އަދި މުޙައްމަދު އާމިރުގެ ޕެއާ އިން ހޯދިއިރު، އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން އާމިނަތު ޝުބާ އާދަމް އަދި ފާތިމަތު ރަޔާނާގެ ޕެއާ ހޯދައިފި އެވެ.

އިސްމާއީލް އަދި އާމިރުގެ ޕެއާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިބްރާހީމް ހުޖާން އަދި އަޙުމަދު ރުޝްދީގެ ޕެއާ ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓުތައް އެ ޕެއާ އިން ކާމިޔާބުކޮށްފައި ވަނީ 22-5 އަދި 18-7 އިންނެވެ. ފިރިހެން ޑަބަލްސްގެ ތިން ވަނަ ހޯދީ އަލީ އާޒިމް އަދި އަޙުމަދު އިކްލީލްގެ ޕެއާ އިންނެވެ. އެ ޕެއާ އިން ފައިނަލްގައި ވާދަކޮށްފައި ވަނީ މުޙައްމަދު މުންތަސިރު އަދި އުމަރު ޒިޔާދުގެ ޕެއާއާ އެވެ. އާޒިމް އަދި އިކްލީލްގެ ޕެއާ އިން މެޗު ކާމިޔާބުކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 25-1 އިން އަދި ދެ ވަނަ ސެޓު 23-13 އިންނެވެ.

އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ޝުބާ އަދި ރަޔާނާ ހޯދީ ފައިނަލްގައި އާމިނަތު ވިޝާމާ އަދި އަފީފުއްނިސާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެ ޕެއާ އިން ފައިނަލްގެ ސެޓުތައް ކާމިޔާބު ކުރީ 21-13 އަދި 13-12 އިންނެވެ. މި ޑިވިޝަންގެ ތިން ވަނަ ހޯދީ އައިޝަތު ފައިނާާޒް އަދި އާމިނަތު ވިދާދުގެ ޕެއާ އެވެ. އެއީ ހަތަރު ޕެއާ ހިމެނުނު ގްރޫޕްގެ ތިން ވަނަ ލިބުނު ޕެެއާ އަށް ވުމުންނެވެ. އަންހެން ޑަބަލްސް ކުރިއަށް ގެންދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ތިން ވަނަ އަށް ދާ ޓީމަކީ މުބާރާތުގެ ތިން ވަނަ ޓީމެވެ.

ކެރަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ މިއީ ހަތް ވަނަ މުބާރާތެވެ. ކޯވިޑު-19 ގެ ބަލި މަޑުކަމުގެ ސަބަބުން ދެ އަހަރަކު މުބާރާތް ނުބާއްވަ އެވެ. އެއީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު އެވެ. އެއަށްފަހު އަލުން މުބާރާތް ފަށައިފައިވަނީ 2022 ވަނަ އަހަރު އެވެ.

ރަމަޟާން ކެރަމް ކަޕްކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު