Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮޕަ ޑެލް ރޭ

ރެއާލް އިން ކުޅުމުގެ ވައްޓަފާޅި ބަދަލު ނުކުރާނެ، އަންޗެލޮޓީ ބުނަނީ "އަހަރަމެން މޮޔައެއް ނުވާނެ"

އޭނާ ބުނީ ކުރިއަށް އޮތް މެޗުގައި ޖެހޭނީ ޑިފެންސް އިން އެޓޭކިން އަށް ނުކުންނަން ކަމަށާއި، އެއީ މެޗުގައި ވަރަށް މުހިންމު ކަމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 20:25
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެނިޝް ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑުން ކުޅުމުގެ ވައްޓަފާޅި ބަދަލު ނުކުރާނެ ކަމަށާއި، އެމީހުން މޮޔައެއް ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ މުބާރާތުގެ ދެ ވަނަ ލެގުގައި ބާސެލޯނާގެ ދަނޑުގައި ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކޮށްފައި ވަނީ ބާސެލޯނާ އިންނެވެ. އެހެންކަމުން ރެއާލަށް ފައިނަލުން ޖާގަ ލިބެން އޮތީ ދެ ލަނޑުގެ ތަފާތަކުން ބާސެލޯނާ ބަލިކޮށްގެންނެވެ. އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ. މެޗަށް ނުކުންނައިރު ރެއާލްގެ ޕްލޭން އަކީ ލަނޑު ޖެހުމުގައި މޮޔަވުން ނޫން ކަމަށެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުގައި ވެސް ލަނޑު ޖެހިދާނެ ކަމަށާއި މެޗުގައި ޕްލޭން އަކީ ވާދަވެރި ގޭމެއް ކުޅުން ކަމަށް އަދި ބޭނުންވަނީ ބޯޅައާއެކު ވެސް ނުވަތަ ބޯޅަ ނެތް ވަގުތުގައި ވެސް މެޗުގެ ކޮންޓްރޯލް އޮތުން ކަމަށެވެ. އެކަން ފާހަގަ ކުރަމުން އަންޗެލޮޓީ ބުނީ، ފުރަތަމަ ލެގުގައި ވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ރެއާލް ކަމަށާއި، ނަމަވެސް ޓީމަށް އެކަށީގެންވާ މިންވަރަކަށް ފުރުސަތުތައް ނުހޯދުނީ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގައި ޖެހޭނީ ޑިފެންސް އިން އެޓޭކިން އަށް ނުކުންނަން ކަމަށާއި، އެއީ މެޗުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެއްވެސް ވަރަކަށް ލަނޑު ޖެހުމަށް މޮޔަ ނުވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކުދިކުދި ތަފްސީލުތަކުން ވެސް ޓީމުތަކަށް ހައިރާންކަން ލިބިދާނެ ކަމަށެވެ. އެގޮތުން ޓީމަކުން ފާއިތުވި އަހަރު ދުވަހުގައި ފަރިތަކުރަމުން އައި ސިސްޓަމް ކުއްލިއަކަށް ބަދަލުކޮށްލުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އޭނާ ބުނީ އިދިކޮޅު ޓީމު ހައިރާންކޮށްލެވިދާނެ ކަމަށާއި، ނަމަވެސް އަމިއްލަ ޓީމާއި ކުޅުންތެރިންނަށް ލިބޭނެ ހައިރާންކަމަކަށް ވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މެޗުގައި ރެއާލްގެ ސިސްޓަމް ބަދަލުކުރަން އޭނާާ ބޭނުންނުވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ އަބަދު ވެސް އޭނާ އަށް އެލް ކްލެސިކޯ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ. ރެއާލްގެ ކުޅުންތެރިންނާއި، ސަޕޯޓަރުން އަދި ކޯޗިން އެހެނިހެން ސްޓާފުންނަށް ވެސް އެއީ ވަރަށް މުހިންމު މެޗެއް ކަމަށެވެ. އޭނާ ބުނީ އެ މެޗުގެ ވާދަވެރިކަން ވެސް ވަރަށް ބޮޑުވާނެ ކަމަށާއި، ކުރިއަށް އޮތް މެޗަކީ ރެއާލަށް ފައިނަލެއް ކުޅުމުގެ ފުރުސަތު ވެސް ލިބިގެން ގޮސްދާނެ މެޗެއް ކަމަށެވެ. އެހެންކަމުން އެއީ ސަމާލުކަން ދޭން ޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނިންމާލަމުން އަންޗެލޮޓީ ބުނީ ކޮޕަ ޑެލް ރޭ މުބާރާތަކީ ވެސް ރެއާލަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، އެ ޓީމު އޮތީ ވެސް ފައިނަލާ ވަރަށް ގާތުގައި ކަމަށެވެ. އެހެންކަމުން ރެއާލް އިން އެމީހުންގެ ބާރުގައި ފައިނަލް ކުޅެވޭނެ އެންމެހައި ކަންކަން ކުރާނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

މިއީ ބާސެލޯނާ އާއި ރެއާލް މި ސީޒަންގައި ކުރިމަތިވާ ފަސް ވަނަ ފަހަރެވެ. މިހާތަނަށް މި ސީޒަންގައި ހަތަރު މެޗުގައި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައި ވަނީ ބާސެލޯނާ އިންނެވެ. ރެއާލުން ވަނީ އެއް މެޗު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ އާއި ރެއާލް ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

ކޮޕަ ޑެލް ރޭރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު