Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްޕަންޔޯލް

އެސްޕަންޔޯލްގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ގާސިއާ

އޭނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް އެ ކުލަބަށް ކުޅެދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އެޕްރީލު 2023 | ހޯމަ 19:21
އެސްޕަންޔޯލްގެ ކުރީގެ ކުޅުންތެރިޔާ ގާސިއާ

އެސްޕަންޔޯލްގެ ކުރީގެ ކުޅުންތެރިޔާ ގާސިއާ

ސްޕެނިޝް ލީގުގެ އެސްޕަންޔޯލްގެ ކޯޗަކަށް އެ ޓީމަށް ކުރިން ކުޅުނު ލުއިސް ގާސިއާ ހަމަޖައްސަން ނިންމައިފި އެވެ.

އެ ޓީމުގެ ކޯޗުކަމުގެ މަޤާމުގައި މިހާރު ހުރީ ސްޕެއިންގެ ޑިއޭގޯ މާޓިނޭޒް އެވެ. އެ މަޤާމަށް އޭނާ ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އޭރު އޭނާ އެ ކުލަބާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެ އެއްބަސްވުން ހަމަވާން އޮތީ އަންނަ އަހަރު އެވެ. ނަމަވެސް އޭގެ ކުރިން އެސްޕަންޔޯލް އިން އެ މަޤާމުން މާޓިނޭޒް ވަކިކުރުމަށް ނިންމާފައި ވަނީ އެ ކުލަބުގެ ނަތީޖާ ވަރަށް ބޮޑަށް ދަށްވުމުންނެވެ. ސްޕެނިޝް ލީގުގައި އެސްޕަންޔޯލް މިވަގުތު އޮތީ ރެލިގޭޝަން ޒޯންގެ ބިރު ހީވާ ހިސާބުގަ އެވެ. ކުޅުނު 27 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެ ޓީމު އޮތީ 17 ވަނައިގަ އެވެ. ފަހަތުން އަލްމޭރިއާ ރެލިގޭޝަން ޒޯންގައި އޮތީ ވެސް 27 ޕޮއިންޓުންނެވެ. އެސްޕަންޔޯލް ރެލިގޭޝަނުން ސަލާމަތްވެ އޮތީ ލަނޑުގެ އަދަދުންނެވެ.

އެސްޕަންޔޯލް އިން މިހާރު ވަނީ އެ ޓީމުގެ ކޯޗުކަމަށް ގާސިއާ ގެނައުމަށްޓަކައި އެއްބަސްވުމަކަށް އާދެވިފައި ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކޮށް، އެ ކުލަބުގެ އައު ކޯޗުގެ ގޮތުގައި ވަރަށް އަވަހަށް ގާސިއާ އިއުލާންކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އުމުރުން 42 އަހަރުގެ ގާސިއާ އަކީ ކުރިން އެސްޕަންޔޯލަށް ކުޅެފައިވާ ފޯވާޑެކެވެ. އޭނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް އެ ކުލަބަށް ކުޅެދީފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ އެސްޕަންޔޯލަށް 262 މެޗު ކުޅެދީ 61 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު ކޮޕަ ޑެލް ރޭ މުބާރާތެއް ކާމިޔާބުކޮށް، ޔުއެފާ ޔޫރޮޕާ ލީގު (ޔުއެފާ ކަޕް)ގެ ފައިނަލެއްގައި ވެސް ކުޅެފަ އެވެ.

ގާސިއާ ކުޅުން ހުއްޓާލާފައި ވަނީ 2019 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާ ވަނީ ކޯޗިންގެ މަސައްކަތް ހަމަ އެއަހަރު ފަށައިފަ އެވެ. އެގޮތުން އޭނާ ވަނީ ބާސެލޯނާގެ ކުލަބެއް ކަމަށްވާ ޑޭމްގެ ޔޫތު ކުލަބުގައި މަސައްކަތްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު