Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށީ ހިއްކި ބިމުން ގޯތި ދޫކުރަން ހުޅުވާލުން

މާފުށީ ހިއްކި ބިމުން ދޫކުރާ 2000 އަކަފޫޓުގެ 308 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

31 މާރިޗު 2023 | ހުކުރު 02:24

މާފުށީގައި އަލަށް ހިއްކާފައިވަނީ 25 ހެކްޓަރުގެ ބިމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މާރިޗު 2023 | ހުކުރު 02:24
މާފުށި ފަހުން ހިއްކި ބިމާއެކު

މާފުށި ފަހުން ހިއްކި ބިމާއެކު

ކ.މާފުށީ ހިއްކި ބިމުގެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު މާފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން މާފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކ.މާފުށީގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމަށް 28 މާރިޗުގައި ކައުންސިލްގެ އާއްމު ޖަލްސާއިން ފާސްކޮށްފައިވާކަމަށެވެ. އެގޮތުގެ މަތިން ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން 2000 އަކަފޫޓުގެ 308 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާކަމަށެވެ.

Advertisement - newsAdvertisement

ގޯއްޗަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމެވެ. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މީހަކަށް އެމީހަކު ނުވުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުމެވެ. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 02 އޭޕްރީލުން ފެށިގެން 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 ން 12:30 އަށެވެ. ފޯމް ބަލައިގަތުން އޮންނާނީ 09 އޭޕްރީލުން 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 ން 13:00 އަށެވެ.

އަލަށް ހިއްކި ބިން ބޭނުން ކުރާނީ ހަމައެކަނި ގޯތި ދޫކުރުމަށް އެކަންޏެއް ނޫނެވެ. މާފުށީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައިވާގޮތުން ފަތުރުވެރިކަމަށް ތިން ޒޯނެއް ވެސް ވަނީ ހާއްސަކޮށްފައެވެ.

މާފުށީގައި އަލަށް ހިއްކާފައިވަނީ 25 ހެކްޓަރުގެ ބިމެވެ. އެއީ މާފުއްޓާ ކައިރިން އެ ރަށު ފަޅުގައި ހިއްކި ބިމެކެވެ. މި ބިމާ މާފުއްޓާ ގުޅުވާލާނީ ކޯޒްވޭއަކުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 ޖޫން 2017

ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި ކުއްޔަށް ހުޅުވާލައިފި

12 ޖޫން 2017
ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި  ކުއްޔަށް ހުޅުވާލައިފި
05 ޖޫން 2017

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

05 ޖޫން 2017
 މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
04 ޖޫން 2017

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

04 ޖޫން 2017
މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
22 އެޕްރީލު 2017

މާފުށީގައި ހުރި އެމްޑީޕީގެ ބޮޑުދިދަ ފުލުހުން ގެންގޮސްފި

22 އެޕްރީލު 2017
މާފުށީގައި ހުރި އެމްޑީޕީގެ ބޮޑުދިދަ ފުލުހުން ގެންގޮސްފި
22 އެޕްރީލު 2017

އެމްޑީޕީގެ ބިޔަ ބޮޑު ޖަލްސާ މިރޭ މާފުށީގައި

22 އެޕްރީލު 2017
އެމްޑީޕީގެ ބިޔަ ބޮޑު ޖަލްސާ މިރޭ މާފުށީގައި
20 އެޕްރީލު 2017

މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2017
މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
30 މާރިޗު 2017

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

30 މާރިޗު 2017
ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް