Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިންގަލް-ޔޫސް ޕްލާސްޓިކް

ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމާއި މަނާކުރުމާގުޅޭ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 މާރިޗު 2023 | ހޯމަ 13:42

ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2އާ ހަމައަށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މާރިޗު 2023 | ހޯމަ 13:42
ޕްލާސްޓިކް ކުނި

ޕްލާސްޓިކް ކުނި

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމާއި މަނާކުރުމާބެހޭ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ މިގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2އާ ހަމައަށް ހުޅުވާލާކަމަށެވެ.

Advertisement - newsAdvertisement

މި ގަވާއިދަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ޒ) އާއި 31 ވަނަ މާއްދާ ދަށުން ބާރު ލިބިގެން، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި, ބާޒާރަށް ނެރުމާއި، މަދުކުރުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ގަވާއިދެކެވެ.

ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވަނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި، ދިވެހިރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމާގުޅޭ ގަވާއިދެއް، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެކަމަށެވެ.

މިގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކޮށް ހުއްޓުވުމާއި، ފިޔަވަޅު އެޅުމެވެ. އަދި ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމެވެ.

މިގަވާއިދު ތަންފީޒުކުރާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ކަސްޓަމަސް ސަރވިސްއެވެ.

މި ގަވާއިދުގެ ދަށުން އިސްތިސްނާވާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކަކީ ޝިޕްސްޓޯރގެ ގޮތުގައި އިންޓަރނޭޝަނަލް އެއަރލައިންތަކުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި، ރާއްޖެއިން ބޭރަށް ދާ ފަސިންޖަރުންނަށް މުދާ ވިއްކާ ޑިޔުޓީ ފިހާރަތަކަށް ގެންނަ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކެވެ.

މިގަވާއިދުގެ ދަށުން، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާވާއިރު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެކެވެ. މީގެއިތުރުން މިގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ބާޒާރަށް ނެރުމަކީ މަނާކަމެކެވެ.

މިގަވާއިދުގެ ދަށުން ރާއްޖޭގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކު 2030ގެ ނިޔަލަށް މަދުކުރުމަށްޓަކައި އެކަމާއި ގުޅޭ ފޭސްއައުޓް ޕްލޭނެއް އެންވަޔަރަންމަންޓް މިނިސްޓްރީން އެކުލަވާލަންޖެހެއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅާފައިވާ ބާވަތްތައް ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފި ކަމުގައިވާނަމަ، އެތަކެތި ނައްތާލުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ. އަދި އެފަދަ ބާވަތެއް އުފައްދައިފިކަމަށްވާނަމަ، އެތަކެތި ނައްތާލުމަށް އެންގުމުގެ ބާރު އީޕީއޭއަށް ލިބިގެންވެއެވެ.

މިގަވާއިދުގެ ދަށުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކޮށްފިނަމަ، އެފަރާތެއް ޖޫރިމަނާކުރުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވާއިރު، އެފަދަ އެއްޗެއް ރާއްޖޭގައި އުފައްދައިފިނަމަ އަދި ބާޒާރަށް ނެރެފިނަމަ އެފަރާތެއް ޖޫރިމަނާކުރުމުގެ ބާރު އީޕީއޭއަށް ލިބިގެންވެއެވެ.

މިގަވާއިދުގެ ދަށުން މަނާކޮށްފައިވާ އެއްޗެސް ބާވަތެއް ރާއްޖެ އެތެރެކޮށްފިނަމަ، އުފެއްދުން މަނާކޮށްފައިވާ ބާވަތެއް ރާއްޖޭގައި އުފައްދައިފިނަމަ، އަދި މަނާކޮށްފައިވާ ބާވަތެއް އެއްޗެއް ބާޒާރަށް ނެރެފިނަމަ، ފުރަތަމަ ފަހަރު ނަމަ، އެ އެއްޗެއްގެ އަދަދަށް ބަލައި ކޮންމެ އެއްޗަކަށް 500 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެއެވެ. ދެވަނަ ފަހަރު ނަމަ އެއްޗެއްގެ އަދަދަށް ބަލައި ކޮންމެ އެއްޗަކުން 1000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ތިން ވަނަ ފަހަރު ނަމަ 1500 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރަންވާނެއެވެ.

މިގަވާއިދު ބުނާގޮތުން ރާއްޖެއަށް އެތެރެކުރާ އަދި އުފައްދާ ސިންގަލް-ޔޫސް ޕްލާސްޓިކް ކޮތަޅު މިންކުރުމުގައާއި ސައިޒުގެ ބޮޑުމިން ދެނެގަތުމުގައި، ފުޅާމިން މިންކުރާނީ ކޮތަޅު އަރިމަތިން ފަތްޖަހައިގެންނެވެ. ދިގުމިން މިންކުރާނީ އަތްގަނޑު ނުހިމެނޭ ގޮތަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2018

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފި

08 އޯގަސްޓު 2018
ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފި
05 މާރިޗު 2018

ފެމިލީ ކޯޓްގެ ހުކުމް ތަންފީޒު ކުރުމާބެހޭ އާ ގަވާއިދަށް އަމަލު ކުރަން ފަށައިފި

05 މާރިޗު 2018
ފެމިލީ ކޯޓްގެ ހުކުމް ތަންފީޒު ކުރުމާބެހޭ އާ ގަވާއިދަށް އަމަލު ކުރަން ފަށައިފި
19 ނޮވެމްބަރު 2017

ދިވެހި ރައްޔިތުންނަކީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށް ވާން ޖެހޭ: ރައީސް

19 ނޮވެމްބަރު 2017
ދިވެހި ރައްޔިތުންނަކީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށް ވާން ޖެހޭ: ރައީސް
13 އޮކްޓޯބަރު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

13 އޮކްޓޯބަރު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
29 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ

29 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ
29 ޖޫން 2017

ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި

29 ޖޫން 2017
ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި
28 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި

28 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި
07 ޖޫން 2017

ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!

07 ޖޫން 2017
ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!
09 އެޕްރީލު 2017

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
09 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ

09 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް