Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ރެކޯޑް މުގުރާލައި ޖެހި ދެ ގޯލާއެކު ރޮނާލްޑޯ ފެންވަރު ދައްކާލައިފި

24 މާރިޗު 2023 | ހުކުރު 08:47

ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީ މިހާރު ރޮނާލްޑޯ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 24 މާރިޗު 2023 | ހުކުރު 08:47
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހާފައި އުފާފާޅު ކުރަނީ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހާފައި އުފާފާޅު ކުރަނީ

ލިޗްޓެންސްޓައިން ކޮޅަށް ދެ ގޯލު ޖަހައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާ ވެސް ފެންވަރު ސާބިތުކޮށްދީފި އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ އޭނާގެ ދެ ގޯލާއެކު ޕޯޗުގަލް މޮޅުވީ 4-0 އިންނެވެ. ބެލްޖިއަމްގެ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒް ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ދެ ލަނޑު ޖެހީ ބެނާޑޯ ސިލްވާ އާއި ޔާއޯ ކޮންސަލޯ އެވެ. ރޮނާލްޑޯ ޖެހި ދެ ގޯލާއެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޭނާގެ އަތުގައި އޮތީ 120 ގޯލާއެކުގަ އެވެ. ރޭގެ މެޗުގައި އޭނާ ޖެހި ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއެކެވެ.

މި މެޗުގައި ކުޅެން ނުކުތުމުން ރޮނާލްޑޯ ވެފައިވަނީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަށެވެ. އެއީ 197 މެޗާއެކުއެވެ. ރޮނާލްޑޯ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ ކުރީގެ ކޯޗު ފެނާންޑޯ ސަންޓޯސްގެ ކޯޗުކަމުގައި ޑިސެމްބަރު މަހު ގަތަރުގައި ނިމުނު ވޯލްޑްކަޕުގަ އެވެ. ޕޯޗުގަލް މުބާރާތުން ކެޓި ކުއާޓާ ފައިނަލް މެޗަށް އޭނާ ނެރުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ މެޗާއެކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް އޮތީ ރޮނާލްޑޯއަށާއި ކުވޭތުގެ ބަދުރު އަލްމުތަވާ އަށެވެ. މިހެންވެ  މެޗުގެ 78 ވަނަ މިނިޓްގައި ރޮނާލްޑޯ ބަދަލުކުރުމާއެކު ސްޓޭޑިއަމުގައި ތިބި އެންމެން އޭނާ އަށް ތަރުހީބު ދިނުމަށް ކޮޅަށް ތެދުވި އެވެ.

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ މި ފަހުން ރޮނާލްޑޯއާމެދު ގައުމީ ޓީމުގައި ކަންކަންވެފައި އޮތީ ވަރަށް ދެރަވަރުކޮށް ކަމަށާއި ނަމަވެސް އަންނަ އަހަރުގެ ޔޫރޯ އަށް އޭނާ ތައްޔާރުކުރާ ޕޯޗުގަލް ޓީމުގައި ރޮނާލްޑޯ އަށް ހާއްސަ ކަމެއް ލިބޭނެ ކަމަށެވެ.

ޔޫރޯ 2024 ކޮލިފައިންކްރިސްޓިއާނޯ ރޮނާލްޑޯޕޯޗުގަލް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
20 ސެޕްޓެމްބަރު 2025

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް