Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން

މިއަދުގެ ޒުވާނުން ތިބީ ސަރުކާރާއެކު ކުރިއަށް ދިއުމުގެ ވިސްނުމުގައި: މެންބަރު އަހުމަދު އަބްދުﷲ

ގައިންބޮލުން ސާފުތާހިރުނުވެ ތަރައްގީ ނުގެނެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 08:30
ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ

މިއަދުގެ ޒުވާނުން ތިބީ ސަރުކާރާއެކު ކުރިއަށް ދިއުމުގެ ވިސްނުމުގައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެންބަރު އަހުމަދު އަބްދުﷲ މިހެން ވިދާޅުވީ ކ. ގުޅީގައި، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން އެމްޑީޕީން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު އަހުމަދު ވިދާޅުވީ މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް ބާކީނުކޮށް ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެނެސްދިނުމުގެ ސިޔާސަތު ކަމަށެވެ. އެހެންކަމުން މިސިޔާސަތުގެ ސަބަބުން މިއަދުގެ ޒުވާނުން ތިބީ އެމްޑީޕީއާއެކު ކުރިއަށް ދިއުމުގެ ވިސްނުން ކަމަށެވެ. ރާއްޖެއަށް އަންނަ ހެޔޮ ބަދަލުތަކާއި ރާއްޖެ ތަރައްގީގެ ނަމުގައި މިކުރަމުންދާ ދަތުރުގެ މިސްރާބަކީ ޒުވާނުން އެދޭ މިސްރާބެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ގައިންބޮލުން ސާފުތާހިރުނުވެ ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އަދި އެއީ މިއަދުގެ ރައީސްގެ ވިސްނުންފުޅުކަމުގައި ފާހަގަކުރެއްވަމުން އަހުމަދު ވިދާޅުވީ މިއަދުގެ ސަރުކާރަށް 4 އަހަރު ވެފައިވާއިރު، ގިނަ ރަށްރަށުގެ ރައްޔިތުންނަށް ސާފުބޯފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ލިބޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރުމަށް ފެށި މަސައްކަތުން ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށާއި، ގިނަ ރަށްރަށުގައި ޖިމްތައް ގާއިމްކޮށްދެވިފައިވާ ކަމަށެވެ. އެހެންކަމުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ކަސްރަތު ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

ކުރިއަށް އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް ނިސްބަތްކުރައްވައި މެމްބަރު އަހުމަދު ވިދާޅުވީ އެއީ ދާއިރާ ތަމްސީލުކުރަން ރަނގަޅު ކެންޑިޑޭޓެއް ކަމަށާއި، ޝާޒް އިންތިޚާބު ކޮށްދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ގުރައިދޫއަކީ މުސްތަގުބަލު އޮތް ރަށެއް ކަމަށާއި، ބިން ހިއްކުމާއެކު ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ. ޓޫރިޒަމަށް ވަރަށް ބޮޑަށް ކުރިއަރައިގެންދާއިރު، ޝާޒް ފަދަ މެންބަރެއް ބޭނުންވާ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ފަހަތަށް ފިޔަވަޅެއް ނާޅާނެ ކަމަށާއި، ދާނީ ކުރިއަށް ކަމަށެވެ.

އެމްޑީޕީކ. ގުޅިގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންމެމްބަރު އަހުމަދު އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު