Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގަލް ޤައުމީ ޓީމު

މާޓިނޭޒްއާއެކު ޕޯޗުގަލްގައި އައު ޗެޕްޓާއެއް ފެށުމަށް ރޮނާލްޑޯ ހުރީ އުފަލުން

23 މާރިޗު 2023 | ބުރާސްފަތި 06:37

ރޮނާލްޑޯ ބުނީ، އޭނާ އަށް ފެންނަނީ ކުޅުންތެރިން ވަރަށް އުފަލުން ތިބި މަންޒަރު ކަމަށާއި، މިހާރު އޮތީ އުފާވެރި މާހައުލެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2023 | ބުރާސްފަތި 06:37
ޕޯޗުގަލްގެ ފަރިތަކުރުމުގައި ރޮނާލްޑޯ

ޕޯޗުގަލްގެ ފަރިތަކުރުމުގައި ރޮނާލްޑޯ

ޕޯޗުގަލް ޤައުމީ ފުޓުބޯޅަ ޓީމުގެ އައު ކޯޗު ރޮބާޓޯ މާޓިނޭޒްއާއެކު ޓީމުގެ އައު ޗެޕްޓާއެއް ފެށުމަށް އުފަލުން ތައްޔާރަށް ހުރި ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ޕޯޗުގަލްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ރޮނާލްޑޯ މިހެން ބުނީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންގައި ލިޗްޓެންސްޓައިންއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ކުރިން ޕޯޗުގަލް އިން ވަނީ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. މި މެޗަކީ ޕޯޗުގަލްގެ ކޯޗުކަމާ މާޓިނޭޒް ހަވާލުވި ފަހުން އެ ޓީމުން ކުޅޭ ފުރަތަމަ މެޗެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އޭނާ އަށް ފެންނަނީ ކުޅުންތެރިން ވަރަށް އުފަލުން ތިބި މަންޒަރު ކަމަށާއި، މިހާރު އޮތީ އުފާވެރި މާހައުލެއް ކަމަށެވެ. އަދި މިއީ ޕޯޗުގަލްގެ ކުޅުންތެރިންނާއި، ކޯޗިން ސްޓާފުންނަށް އައު ޞަފްހާ އެއް ކަމަށެވެ. ހަމައެއާއެކު ރޮނާލްޑޯ ފާހަގަ ކުރި ގޮތުގައި ޕޯޗުގަލްގެ ކުޅުންތެރިންގެ މެންޓާލިޓީ ވެސް މިހާރު ބަދަލުވާނެ އެވެ. ކުރިއަށް ދާން އައު ޚިޔާލުތައް ލިބެމުން އަންނަކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ، އެނބުރި ޤައުމީ ޓީމަށް އައިސް އެހީވެވޭތީ އޭނާ ވަރަށް އުފާވާ ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ ދިރިއުޅުމުގައި ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، އެކަމުގެ ޕޮސިޓިވް އަސަރުތައް ވެސް ފެންނާނެ ކަމަށެވެ. އޭނާ ބުނީ އެކަމުން އައު ކަންތައްތަކެއް ދަސްވާނެ ކަމަށާއި، މިހާރު ޕޯޗުގަލް ޤައުމީ ޓީމުގައި އޮތީ އެކަން ކަމަށެވެ. ރޮނާލްޑޯ ބުނީ ތެދަށް ބުނާނަމަ، މިހާރު ކުޅުންތެރިންނަށް ވަރަށް ޚާއްސަކަމެއް އިޙުސާސްވާ ކަމަށާއި، ޓީމުގެ ފަރިތަކުރުންތައް ވެސް ފެންނަނީ ވަރަށް ރަނގަޅަށް ކުރިއަށްދާ ތަން ކަމަށެވެ. އަދި ޓީމުގެ ކޯޗާއި، ސްޓާފުން އަދި ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސަށް އޭނަށް އަށް ޤައުމީ ޓީމަށް ކަމެއް ކޮށްދެވޭނެކަން ޤަބޫލުކުރާނަމަ، އަބަދުވެސް އޭނާގެ އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާ ބޭނުންވަނީ ޕޯޗުގަލް އެންމެ މަތީ ފަންތީގައި ބާއްވައި، ކުޅުންތެރިން ވެސް އެ ފެންވަރަށް ގެންދަން ކަމަށެވެ.

ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް އިން ލިޗްޓެންސްޓައިންއާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12:45 ގައެވެ.

ޕޯޗުގަލްކްރިސްޓިއާނޯ ރޮނާލްޑޯރޮބާޓޯ މާޓިނޭޒް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
20 ސެޕްޓެމްބަރު 2025

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް