Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުރައިދޫ ބައި އިލެކްޝަންގެ އެމްޑީޕީ ކެމްޕެއިން

ސަރުކާރާއެކު އެއްގޮތަކަށް ހުންނާނެ މެންބަރަކު ހޮވުމަށް ޝާޒް ހޮވުން މުހިންމު: ސަމީރު

ސަމީރު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބެވިނަމަވެސް މިއަދުގެ ހާލަތަކީ އޭގެތެރެއިން ބައެއް މެންބަރުން މަސައްކަތްކުރައްވަނީ ސަރުކާރާ ދެކޮޅަށްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މާރިޗު 2023 | ބުރާސްފަތި 04:12
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

ސަރުކާރާއެކު އެއްގޮތަކަށް ހުންނާނެ މީހަކު ރައްޔިތުންގެ މަޖިލީހުގެ ކުރިޔަށް އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ހޮވުމަކީ މުހިންމު ކަމެއްކަމަށާއި އެހެންކަމުން އެދާއިރާއަށް ޝާޒު ހޮވަންޖެހޭކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ކ. ގުޅީގައި، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން އެމްޑީޕީން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބެވިނަމަވެސް މިއަދުގެ ހާލަތަކީ އޭގެތެރެއިން ބައެއް މެންބަރުން މަސައްކަތްކުރައްވަނީ ސަރުކާރާ ދެކޮޅަށްކަމަށެވެ. އެހެންކަމުން ވަކި ގޮތެއްގައި ދެމި ހުންނާނެ މީހަކު ހޮވުމަށް ޝާޒް ހޮވަންޖެހޭކަމަށް ސަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ފާއިތުވި ދުވަސްތަކުގައި އެދާއިރާގައި ހުންނެވީ މުޅިން ވެސް ޕީޕީއެމްގެ މެންބަރެއްކަމުން މިފަހަރު އަޖުމަ ބަލާލުމުގެ ގޮތުން ވެސް ޝާޒް ހޮވުމަށް ސަމީރު އެދިވަޑައިގެންނެވިއެވެ.

ޖޭޕީގެ ސްލޮޓެއްގައި ސަރުކާރުގައި ހުންނެވުމަށްފަހު ޖޭޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމި ހިސާބުން ޖޭޕީ ދޫކުރައްވާ ރައީސް ޞާލިހު އާއެކު ހުންނެވިކަން ސަމީރު ހާމަކުރައްވާފައިވާއިރު ސަމީރު ވިދާޅުވީ އެމަނިކުފާނަށް ވަރަށް ގިނަ އެއްޗެހި އެނގިވަޑައިގަންނަވާކަމަށެވެ. މިސަރުކާރު ވެރިކަމަށް އައިއިރު އެމަނިކުފާނަކީ ޖޭޕީއާ އެންމެ ކައިރީގައި ހުންނެވި މީހާކަމަށާއި އެހެންކަމުން ވަރަށް ވަރަށް ގިނަ އެއްޗެހި އަތުގައި އެބަ ހުރިކަމަށެވެ.

ސަމީރު ވިދާޅުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށާއި އެއީ ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއްނެތި ތަރައްގީ ގެނެސްދެއްވާތީކަމަށެވެ. ކިތަންމެ ވަރަކަށް ބަހުން ޖެހިއަސް، ގައު އުކިއަސް ރައީސް އެއްޗެއް ވިދާޅުނުވާނެކަމަށާއި ނަމަވެސް އޮންނަ ޔަގީންކަމަކީ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ރައީސް އަޅުއްވާނެކަންކަމަށެވެ.

ސަމީރު ވިދާޅުވީ ގައުމު ބޭންކްރަޕްޓް ވަނީ ކަމަށް ވެސް ބަޔަކު ބުނިކަމަށާއި ނަމަވެސް މާހިރުން ބުނާގޮތުގައި އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކޮށް އިގްތިޞާދު ކުރިއަރާ ގައުމަކީ ރާއްޖެކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންއެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު