Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާތަކެއް މެރި މައްސަލަ

ގަމު އަތިރިމަތީގައި ވެލާތަކެއް މެރި މައްސަލަ އީޕީއޭއިން ބަލަނީ

20 މާރިޗު 2023 | ހޯމަ 13:02

އޭގެ ބޮލާއި ތޮށިގަނޑުފިޔަވައި އެހެން ހުރިހާ މަހެއް ވަނީ ނަގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2023 | ހޯމަ 13:02
ގަމު އަތިރިމަތީގައި މަރާލާފައިވާ ވެލާތައް

ގަމު އަތިރިމަތީގައި މަރާލާފައިވާ ވެލާތައް

ލ. ގަމުގެ އަތިރިމަތީގައި ވެލާތަކެއް މެރި މައްސަލަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަން ފަށައިފިއެވެ.

އީޕީއޭއިން ބުނީ ގަމުގައި ވެލާތަކެއް މެރި މައްސަލާގެ ރިޕޯޓު މިމަހުގެ 11 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ތަހުގީގަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިނުވާ ކަމަށް އީޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އޮލިވް ރެޑްލީ ޕްރޮޖެކްޓުން ބުނެފައިވަނީ ގަމުގެ އަތިރިމަތީގައި ދެ ވެލާ މަރާލާފައިވާ ކަމަށެވެ. އޭގެ ބޮލާއި ތޮށިގަނޑުފިޔަވައި އެހެން ހުރިހާ މަހެއް ނަގާފައިވާ ކަމަށެވެ.

ލާމު އަތޮޅަކީ މިހާރު ވެލާ އެންމެ ގިނައިން ފެންނަ އެއް އަތޮޅު ކަމަށް އޮލިވް ރެޑްލީ ޕްރޮޖެކްޓުން ބުނެއެވެ.

ގަމުގެ އަތިރިމަތީގައި ވެލާތަކެއް މެރި މައްސަލާގެ ތަހުގީގު ފަށާފައިވާއިރު، ބ. ކެޔޮދޫގައި، ވެލާ ހިފައި އެ އެއްޗެހި މަރާލި ބަޔަކު ފެބްރުއަރީ މަހުގެ ތެރޭގައި އަތުލައިގަނެފައިވެއެވެ. އެ ގްރޫޕުގައި ހިމެނެނީ ކެންދޫގެ ފަސް ފިރިހެނުންނެވެ. އެ މީހުންގެ ބަޔާން ނެގުމަށްގަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ. ފުލުހުން އެ ފަސް މީހުންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލިނަމަވެސް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެ އިދާރާއިން ބުނެއެވެ.

ކެޔޮދޫގައި ވެލާތަކެއް ހިފައި މެރި ބަޔަކު އަތުލައިގަތީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ބ އަތޮޅު ބަޔޮސްފިއަރ ރިޒަރވްއާ ގުޅިގެންނެވެ.

ވެލައަކީ ރާއްޖޭގައި އަދި ދުނިޔޭގައިވެސް ނެތިދިޔުމުގެ ބިރުބޮޑުވެފައިވާ ޖަނަވާރެކެވެ. ވެލާ ދަރިމައިވާ އުމުރަށް ބޮޑުވާން 25-50 އަހަރު ނަގައެވެ. އަދި ވެލާ ރާއްޖެއަށް ބިސްއަޅާ މިންވަރު 1980ގެ އަހަރުތަކާއި އަޅާކިޔާއިރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ވެލާގެ ބިސްނެގުމާއި، މަސްކެއުމަކީ ރާއްޖޭގެ ވެލާގެ އާބާދީ ދަށްވަމުންދާ ސަބަބެކެވެ. 2016 ވަނަ އަހަރުއްސުރެ ވެލާކަހަނބަށް ގާނޫނީ ގޮތުން ފުރިހަމަ ހިމާޔަތްކަން ދެވިފައިވެއެވެ.

ވެލާކަހަނބުގެ އާބާދީ ހިމާޔަތްކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އީޕީއޭއާ ގުޅިގެން އޮލިވް ރެޑްލީ ޕްރޮޖެކްޓުން ދަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް