Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުން

ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

ޤައުމީ އޮނިގަނޑުގެ ނަމުގައި 4.1ގެ ގޮތުގައި އިތުރު ކުރާ މާއްދާ އިތުރުކުރަން ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 މާރިޗު 2023 | ހޯމަ 04:55
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާ

ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ ހޯމަ ދުވަހުއެވެ. ބިލް ހުށަހެޅުއްވި މެންބަރު ނިޔާޒް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހުރިހާ އުމުރުފުރާތަކެއްގެ ވާދަވެރި އަދި ވާދަވެރި ނޫން ކުޅިވަރުގެ އެންމެހާ ހަރަކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރެވިދާނެ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރު ހިންގުމަށް ޤާނޫނީ އޮނިގަނޑެއް ކަނޑައެޅުން ކަމަށެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮމިޝަނަރ އޮފް ސްޕޯޓްްސް އާއި ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީހުގެ ދައުރާއި މަސްޢޫލިއްޔަތުތަކާއި ޤާނޫނުގެ ދަށުން އުފައްދާފައިވާ އެ ނޫން ވެސް އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ފުށުނާރާ ގޮތަށް ހަމަޖެއްސުމަށްޓަކައި އެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ވެސް ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. މެންބަރު ނިޔާޒް ވިދާޅުވީ އެ ނޫން ވެސް ޤާނޫނު ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ނިޔާޒް ހުށަހަޅުއްވާފައި ވަނީ އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި 2 ވަނަ މާއްދާގެ (ހ) އާއި (ފ)، ތިން ވަނަ މާއްދާގެ ފެށޭ އިބާރާތް، ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށެވެ. މީގެ އިތުރުން 4 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

3 ވަނަ މާއްދާގެ ފެށޭ އިބާރާތުން އިސްލާހުކޮށްފައި ވަނީ ތަފާތުނުކުރުމާއި ބެހޭ ތަފްސީލްތައް ހިމަނާފައިވާ ބައެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހުކުރަނީ ކުޅިވަރު ބެހިގެންވާ ބައިތައް ކަނޑައަޅާފައިވާ ގޮތް ބަޔާންކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ (1) ޓީމް ކުޅިވަރު، އަދި (2) ފަރުދީގޮތުން ވާދަކުރާ ކުޅިވަރެވެ.މި ނޫނަސް ބައެއް މުހިންމު އިސްލާހުތައް މި ބިލުގައި ހިމަނާފައިވެއެވެ.

އެގޮތުން އިތުރުކުރަން ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ނަމުގައި 4.1ގެ ގޮތުގައި އިތުރު ކުރާ މާއްދާއެކެވެ. އެ މާއްދާގައި ރާއްޖޭގެ ޤައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރު، ވާދަވެރި ނޫން ކުޅިވަރު ވާދަވެރި ކުޅިވަރުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ. އަދި ޤައުމީ ކުޅިވަރުގެ އޮނިގަނޑުގެ މަގްސަދުތައް ވަނީ އެ މާއްދާގައި ތަފްސީލްކޮށްދީފައެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2018

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނަން ޢަބްދުއްރަހީމް ހުށަހަޅައިފި

05 މާރިޗު 2018
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނަން ޢަބްދުއްރަހީމް ހުށަހަޅައިފި
25 ޖެނުއަރީ 2018

ޤާނޫނަށް ގެނައި އިސްލާހާއިމެދު ސުވާލު އުފެދޭ، އިމްރާނަކީ އަދިވެސް ޕާޓީގެ ރައީސް: އަދާލަތު

25 ޖެނުއަރީ 2018
ޤާނޫނަށް ގެނައި އިސްލާހާއިމެދު ސުވާލު އުފެދޭ، އިމްރާނަކީ އަދިވެސް ޕާޓީގެ ރައީސް: އަދާލަތު
05 ނޮވެމްބަރު 2017

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ފެނަކަ

05 ނޮވެމްބަރު 2017
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ފެނަކަ
01 ސެޕްޓެމްބަރު 2017

މުޅި ރާއްޖޭގައި އީދު ކުޅިވަރުތައް ކުރިއަށް ދަނީ

01 ސެޕްޓެމްބަރު 2017
މުޅި ރާއްޖޭގައި އީދު ކުޅިވަރުތައް ކުރިއަށް ދަނީ
28 އޯގަސްޓު 2017

ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު

28 އޯގަސްޓު 2017
ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު
18 ޖުލައި 2017

ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން

18 ޖުލައި 2017
ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން
24 ޖޫން 2017

އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

24 ޖޫން 2017
އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު