Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފާރިސް މައުމޫން

މެންބަރުންނަށް ފާރިސް ރިޝްވަތު ދިންކަމުގެ ހެއްކާއި ގާރީނާ އެބަހުރި: ޕޮލިސް

އެކިއެކި މައްސަލަތަކުގެ ތުހުމަތުގައި މިހާރުވެސް ފުލުހުން ދަނީ ފާރިސް ހާޒިރު ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ޖުލައި 2017 | އަންގާރަ 09:28
ފާރިސް މައުމޫންއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް މެމްބަރުން

ފާރިސް މައުމޫންއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ފުރިހަމަ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ބުނެ، ފާރިސް މައުމޫނު ހައްޔަރު ކޮށްފާނެ ކަމުގެ އިޝާރާތެއް ފުލުހުން ދީފި އެވެ.

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަދި ފޮލިސް ސާރވިސްގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

"ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝަވަތު ދޭން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށްބުނެ، އެމައްސަލަތައް ބަލާ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ވަނީ ހުށަހަޅާފަ. އަދި މިފަދަ ބައެއް މައްސަލަތައް މިހާރުވެސް ފުލުހުންދަނީ ތަހުގީގު ކުރަމުން. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ނުވަތަ ވަކި ނަތީޖާއެއް ހާސިލުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ހެއްކާއި ގަރީނާ ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް މިފުރުސަތުގައި ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާނު ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ ވެސް ރިޝްވަތު މައްސަލައެއް ފުލުހުންނަށް ހުށަހެޅި، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ކަމަށްވާ ލ. ފޮނަދޫ، ސްވީޓްފްލާވާރ އަހުމަދު ޝާފިއު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ އެހެން މައްސަލައެއްގައި ތުހުމަތުކުރެވޭ އެހެން ފަރާތެއް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން ތަހުގީގަށް ހާޒިރުވުމަށް އެތައް ފަހަރެއްގެ މަތިން އެންގުމުން ވެސް ހާޒިރުނުވެ، ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ފުލުހުން ކުރަމުންދާއިރު، ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ، ސަހްސު އޮޅުވާލި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ވަނީ ފާރިސްގެ މައްޗަށް ދައުވާ ވެސް ކޮށްފަ އެވެ. އަދިވެސް އިތުރު ތުހުމަތުތަކެއް ފާރިސްގެ މައްޗަށް ކުރަމުންދާއިރު ދޭތެރެއިން ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ފާރިސް ހާޒިރު ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު