Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީއާއެކު ސަރުކާރުން އިތުރު މަޝްވަރާއަށް

ސަރުކާރުގައި ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެ

ޖުމްހޫރީ ޕާޓީއިން ޖަވާބު ދީފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2023 | ބުދަ 07:38
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ސަރުކާރުގައި ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެ ކަމަށާއި، ދެން ކަންތައް ކުރާނެ ގޮތަކާ މެދު މަޝްވަރާކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރުމަށް ނިންމުމާއި ގުޅިގެންނެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ހިމެނޭއިރު، ވަޒީރުންގެ މަޖިލީހުގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގެ ސިޔާސީ މަގާމުތަކުގައި ޖޭޕީއަށް ނިސްބަތްވާ ބޭފުޅުން އެބަތިއްބެވި އެވެ.

Advertisement - newsAdvertisement

މިނިންމުމާއި ގުޅިގެން ރާއްޖެއެމްވީއަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޯލިޝަން އެކުލަވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވާ ކަމަށެވެ. އަދި އެއަށް ޖުމްހޫރީ ޕާޓީއިން ޖަވާބު ދީފައިނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް ސާލިހާއެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭ އިން ވަނީ މިހާރު ނިންމާފައިވާކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެ ކަމަށެވެ. އަދި އެފަދަ ޙާލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ސާލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއި ގާސިމް އިބްރާހިމާއެކު މަޝްވަރާކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމާފައިވަނީ މާޗް 14 ވީ އަންގާރަ ދުވަހުގެ ރޭ އެޕާޓީން ކުރިއަށް ގެންދިޔަ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހުރިހާ މެންބަރުން ވަނީ މި ނިންމުމަށް އިއްތިފާގުވެފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ރައީސް އޮފީސްމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

އިތުރަށް ކިޔާލަން

03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

16 ފެބުރުއަރީ 2025

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު