Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ޓޮޓެންހަމުން ފާރަލާނީ ފުލަމްގެ ކޯޗަށް!

ސިލްވާ ފުލަމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަން ނިމުމުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 14 މާރިޗު 2023 | އަންގާރަ 08:17
ފުލަމްގެ ކޯޗު މާކޯ ސިލްވާ: އޭނާ ގެންދަން ޓޮޓެންހަމް ބޭނުންވޭ

ފުލަމްގެ ކޯޗު މާކޯ ސިލްވާ: އޭނާ ގެންދަން ޓޮޓެންހަމް ބޭނުންވޭ

އަންނަ ސީޒަނުން ފެށިގެން ޓޮޓެންހަމުގެ ކޯޗަކަށް ފުލަމްގެ މިހާރުގެ ކޯޗު މާކޯ ސިލްވާ ހަމަޖެއްސުމަށް އެކުލަބުން މަސައްކަތް ފަށައިފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ޓޮޓެންހަމުން އާ ކޯޗަކު ހޯދަން ފެށީ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާގެ ކޮންޓްރެކްޓް އައުނުކުރާނެކަން ގާތްގަނޑަކަށް ޔަގީންވުމުންނެވެ. ކޮންޓޭއާއެކު ޓޮޓެންހަމުން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

ކޮންޓޭ ވަނީ ޓޮޓެންހަމުން ތަށި ލިބޭ ވަރުގެ ޓީމެއް ބިނާނުކުރާ ކަމަށް ބުނެ ހިތްހަމަނުޖެހިފަ އެވެ. އަދި ފަހަކަށް އައިސް އޭނާ އަށް ދިމާވި ސިއްހީ މައްސަލަތަކުގެ ސަބަބުން ޓީމާ ދުރުގައި ދެ މަހެއްހާ ދުވަހު ރުމަށްފަހު އަލުން ގުޅުނީ މިދިޔަ މަހު އެވެ.

ޗެލްސީ އާއި އިޓަލީގެ އިންޓަމިލާން އަދި ޔުވެންޓަސް އަށް ތަށި ތަކެއް ހޯދައިދިން ނަމަވެސް ޓޮޓެންހަމުގައި ކޮންޓޭ އަށް ތައްޓަކާ ހަމައަށް ދެވޭވަރެއްނުވި އެވެ. އަދި އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.

ސިލްވާ އަކީ ޓޮޓެންހަމުން މިންގަނޑުތަކަށް ފެތޭ ކޯޗެކެވެ. އެއީ މުސާރަ އާއި އޭނާގެ ޓްރެކް ރެކޯޑަށް ބަލައިގެންނެވެ. އަދި އޭނާ ވަނީ ފުލަމް ގޮވައިގެން މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ރެލިގޭޓް ނުވާނެކަން ވެސް ކަށަވަރުކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި ފުލަމް އޮތީ އިނގިރޭސ ލީގުގެ އަށްވަނާގަ އެވެ. އެއީ ޓޮޓެންހަމަށްވުރެ ނުވަ ޕޮއިންޓް މަދު އަދަދެކެވެ. ފުލަމްއާއެކު ސިލްވާ ހަދާފައިވާ ކޮންޓްރެކްޓް ބާކީ އަދި އެއް އަހަރު އެބައޮތެވެ.  

ޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު