Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލްގެ ޝަރުއީ ނިޒާމު ބަދަލުކުރުން

ޝަރުއީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް އެންމެ ފަހުން ކުރި މުޒާހަރާގައި އިސްރާއިލްގެ ބައި މިލިއަނެއްހާ މީހުން

12 މާރިޗު 2023 | އާދީއްތަ 16:16

ޝަރުއީ ނިޒާމު ބަދަލުކުރަން އުޅެނީ ސުޕްރީމް ކޯޓުގެ ބާރުތައް ހުއްޓުވުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 މާރިޗު 2023 | އާދީއްތަ 16:16
ޝަރުއީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް އިސްރާއިލުގައި ކުރަމުންދާ މުޒާހަރާ

ޝަރުއީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް އިސްރާއިލުގައި ކުރަމުންދާ މުޒާހަރާ

އިސްރާއިލްގެ ޝަރުއީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް އެންމެ ފަހުން ކުރި މުޒާހަރާގައި ބައި މިލިއަނެއްހާ މީހުން ބައިވެރިވެއްޖެއެވެ.

އިސްރާއީލުގެ ތާރީޚްގައިވެސް ބޭއްވުނު އެންމެ ބޮޑު މުޒާހަރާގައި ރައްޔިތުން ހޮނިހިރު ދުވަހުގެރޭ ވަނީ މަގުތައް ފުރާލާފައެވެ. ޝަރުއީ މިނިވަންކަމަށް ނުރައްކާވާ ކަމަށްބުނެ ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ޝަރުއީ ނިޒާމު ބަދަލުކުރަން އުޅެނީ ސުޕްރީމް ކޯޓުގެ ބާރުތައް ހުއްޓުވުމަށެވެ.

ދީނީ ގައުމިއްޔަތު ކޯލިޝަންގެ އެކުވެރިންނާއެކު ޕާލަމެންޓްގެ އަޣުލަބިއްޔަތު ވެސް އޮތް އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވަނީ އެ ބަދަލު ގެންނަވަނީ ސަރުކާރުގެ ގޮފިތައް ބެލެންސް ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އެއިސްލާހު ތަކުގެ ސަބަބުން ޑިމޮކްރަސީ ފުނޑިގެންދާނެ ކަމުގައެވެ.

އިސްލާހުތައް ތަސްދީގުކުރުމާ ދިމާއަށް ދަތުރުކުރަމުންދާއިރު، މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އިސްރާއިލްގެ ފައިސާގެ އަގު ވެސް ވަނީ މިދަނޑިވަޅުގައި ދަށްވެފައެވެ. ބައެއް އަސްކަރީ ރިޒާވިސްޓުން ވަނީ ކޯލްއަޕް އަމުރުތަކަށް ބޯނުލަނބާނެ ކަމުގެ އިންޒާރު ދީފައެވެ. ރައީސް އައިސާކް ހަރްޒޮގް ވަނީ މުޒާހަރާތައް ފަސްކޮށް، މަޝްވަރާތަކަށް ގޮވާލައްވާފައެވެ.

މުޒާހަރާތައް ކުރިއަށް ދިޔައީ ސުލްހަވެރިކޮށް ނަމަވެސް ޓްރެފިކް ހުއްޓުވަން ކުރި މަސައްކަތްތަކާ ދެކޮޅަށް ފުލުހުން ވަދެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ޒަޚަމްވެ އަދި ބަޔަކު ހައްޔަރު ކުރިތަން ރޮއިޓާސް އަށް ފެނިފައިވެއެވެ.

ގައުމީ ފުލުހުންގެ ވެރިޔާ އިންސްޕެކްޓަރު ޖެނެރަލް ޔާކޯވް ޝަބްޓައި ވަނީ މިވަގުތަށް މަސައްކަތުން ފަހަތަށް ޖެހިވަޑައިގެން ޓެލް އަވީވްގެ ފުލުހުންގެ ވެރިޔާއާ އަލުން މަސައްކަތް ހަވާލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ގާނޫނީ އިމުގެ ތެރޭގައި ބާއްވާ މުޒާހަރާތައް ރައްކާތެރިކޮށް ފުލުހުން ކުރިއަށް ގެންދާނެ ކަމަށާއި "މި މައްސަލައިގައި އެއްވެސް ސިޔާސީ ޕްރެޝަރަކަށް ބޯނުލަނބާނެ" ކަމަށް ޔާކޯވް ޝަބްޓައި ވަނީ ވިދާޅުވެފައެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅު ހަ ވަނަ ދައުރަކަށް އެނބުރި ވެރިކަމަށް ވަޑައިގެންނެވި ނަތަންޔާހޫ ވިދާޅުވާ ގޮތުގައި މުޒާހަރާތަކުގެ މަގުސަދަކީ އޭނާ ވެރިކަމުން ވައްޓާލުމެވެ. ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާއިރު އެކަންތައްތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް