Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްޓިކާޖެހުން

ސްޓިކާ ޖެހިޔަސް މަގުމަތި ތަރުތީބެއް ނުވި، ނުވެސް ވާނެ!

8 މާރިޗު 2023 | ބުދަ 09:40

ސްޓިކާ ޖެހުމަކީ ހައްލެއް ނޫން

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 8 މާރިޗު 2023 | ބުދަ 09:40
މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި

މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި

މި ދަންނަވަނީ ވަރަށް ސާފުކޮށްނެވެ. މާލޭގެ މަގުތައް ތަރުތީބު ކުރާން ފުލުހުން ނުކުމެ ބަރިބަރިއަށް ސްޓިކާ ޖެހިޔަސް ތޮއްޖެހިފައި މި އޮތް މާލޭގެ މަގުތަކެއް ތަރުތީބެއް ނުވާނެއެވެ!

މީގެ ހަތަރު އަހަރު ކުރިއަށް ޖެހިލާއިރު 2019 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރީ ސިއްސައިގެންދާފަދަ ތަފާސްހިސާބުތަކެކެވެ. މާލޭގައި ދިރިއުޅޭ ކޮންމެ ދެ މީހަކަށް އުޅަނދެއް ހުރި ކަމަށެވެ. މަހެއްގެ މައްޗަށް 600އަށްވުރެ ގިނަ ސައިކަލު ރަޖިސްޓްރީ ކުރާއިރު މާލޭގެ 50 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް އެއްގަމު އުޅަނދުތަކަށް ހިއްސާކުރާ ކަމަށެވެ. އޭރު ވެސް މާލޭގައި އެކަނި 68،000އަށްވުރެ ގިނަ ސައިކަލު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އަދަދު 3،000އަށް ވުރެ މަތި ކަމަށެވެ.

މި ވަރުން މަންޒަަރު ސާފެވެ. ކިތަންމެ ވަރަކަށް ސްޓިކާ ޖެހިޔަސް މާލޭގައި މި ގެންގުޅޭހާ އުޅަނދެއް ޕާކުކުރާނެހާ ޖާގައެއް މި ތާކު ނެތެވެ. އެއީ ދެ ބަސް ވެވެން ނެތް ހަގީގަތެކެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ފުލުހުން ނުކުމެ ވެލާނާގޭ ކައިރީގައި ހުރި ވެހިކަލްތަކުގައި ސްޓިކާ ޖަހައިލުމުން އާންމުންގެ ރުޅިގަނޑު ކެކެން ފެށީއެވެ. ސްޓިކާ ޖެހުމުން މައިތިރި ވެސް ވިއެވެ. އެކަމަކު، އެއީ ދެތިން ދުވަހެއްގެ ކަމެކެވެ. އަނެއްކާ ވެސް ހަމަ އެ ތަނުގައި އެ ގޮތަށް ޕާކު ކުރަން ފަށައިފައެވެ. އިތުރު ގޮތެއް ހަމަ ނެތީއެވެ. ޕާކިން ޒޯނެއް ނެތީއެވެ.

ދެހާސްނަވާރަ ވަނަ އަހަރު ނޫސްވެރިންނާ ބައްދަލުކުރައްވާ ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ ވެހިކަލް ކޮންޓްރޯލް ކުރުމުގެ ދުރު ރާސްތާ ޕްލޭންއެއް މިނިސްޓްރީން ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ ކުރިން މާލޭގެ ޕަބްލިކް ޓްރާންސްޕޯރޓްގެ ޚިދުމަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށާއި، މިނީބަސް ތައާރަފް ކުރެވި، އެ ހިދުމަތް ތަރައްގީވާން ޖެހޭ ކަމަށެވެ. އަދި އުޅަނދުތަކުގެ "އޭޖް ލިމިޓް" އެއްވެސް ކަނޑައެޅިގެން ދާނެކަމަށާއި، ވަކި މުއްދަތަކަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ މަގުތަކުގައި އެ އުޅަނދެއް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވިސްނަވާކަމަށް ވެސް ވިދާޅުވިއެވެ.

އެ ދުވަސް މާޒީވެ، މިއަދު މާލެއަށް މިނީބަސް ވެސް ތައާރަފް ކުރެވިއްޖެއެވެ. އެކަމަކު، ވެހިކަލް ކޯޓާގެ ވާހަކައެއް މިއަދު ދައްކާނެ މީހަކު ނެތެވެ. ފަހަރުގައި، އެއީ މާ މުހިންމު ކަމަކަށް ވެސް ނުވަނީއެވެ. އެކަމަކު، މާލޭގެ ތޮއްޖެހުން ހުއްޓުވަން ބޭނުންނަމަ، މި ތަނަށް ވެހިކަލް އެތެރެކުރާވަރު މަދުކުރަން ޖެހެއެވެ. އެތެރެކުރާވަރުން އެތެރެކުރާނަމަ ދުވަހަކަށްވުރެ ދުވަހެއް މާލޭގެ ތޮއްޖެހުން ވާނީ އިތުރެެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޓްރެފިކް ބެލެހެއްޓުމުގައި މާލޭގައި މަސައްކަތްކޮށްފައިވާ ފުލުހަކު ފާހަގަ ކުރެއްވީ މި މައްސަލައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގައި ވާ ގޮތުން ޕާކުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައި، މެދުކެނޑުމެއްނެތި އުޅަނދު ބޭއްވޭނީ، ގިނަވެގެން ހަތް ދުވަހުއެވެ. އެ މުއްދަތު ހަމަވުމުން އެ ފުލުހުން ބޭނުންތާކަށް އެ އުޅަނދެއް ގެންދިއުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެން ވެއެވެ؛ މިއީ ގާނޫނުގައި އޮތް ގޮތެވެ.

އެހެން ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި މި ގޮތަށް މި ކަން ކުރަން އެ ގޮތަށް ހުންނަ ސައިކަލުތަކަށް ފުލުހުން ގަވާއިދުން "ފާރަލާން" ޖެހެއެވެ. އަދި އެ ގޮތަށް އެ ސައިކަލުތައް މޮނީޓާކޮށް އެ ފަދަ ކަމެއް ފާހަގަ ވެއްޖެނަމަ ރިޕޯޓެއް ހަދަން ޖެހެއެވެ. އެހެންކަމުން، އޭނާ ވިދާޅުވި ގޮތުގައި އެއީ އުނދަގޫ ޕްރޮސެސްއެކެވެ. ފުލުހުން އެ ގޮތަށް އެ ކަން ނުކުރަނީ ވެސް އެހެންވެއެވެ.

މާލޭގެ ޕާކިންޒޯނުތަކުގައި ހަންފަޅައިގެން ގޮސް، ބާވެ މުސްކުޅިވެފައިވާ ސައިކަލުތައް ވަރަށް ގިނައިން އެބަހުއްޓެވެ. އޭގެ ބަލަދު އަރާ މީހަކީ ކޮބާކަމެއް ނޭނގެއެވެ. ފުލުހުން ވެސް އެޔަކާ އަަޅައެއް ނުލައެވެ. ސަބަބަކީ އެ ކަމުގެ އުނދަގޫ ޕްރޮސެސްކަމަށް ވެދާނެއެވެ.

ސްޓިކާ މާ ގިނައިން ޖެހުމުން ފުލުހުން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ހިނގައިބިނގާވެ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް މާލޭގެ މަގުތައް ތަރުތީބު ކުރުމާއި ޓްރެފިކް ފްލޯ އަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިހާރު ވެސް އެ ބުނާ މަސައްކަތެއް ދަނީ ކުރިއަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތަށް ފުލުހުން އެ ކުރަނީ އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތެވެ. އެކަމަކު މިހާރު ސްޓިކާ ޖަހަނީ ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ހުންނަ އުޅަނދުތަކާއި ސްކޫލްތަކަށް އުނދަގޫވާ ގޮތަށް ހުންނަ އުޅަނދުތަކުގައެވެ.

ސްޓިކާ ޖަހަންވީއެވެ. އެކަމަކު އެ ޖަހައިގެން މާލެ ތަރުތީބއް ނުވިއެވެ. ވެހިކަލް ކޯޓާ ކަނޑަނާޅައި، ދުވަސްވީ އުޅަނދުތައް ނައްތައިނުލައި މާލޭގެ މަގުތައް ތަރުތީބެއް ނުވެސް ވާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

27 ޖޫން 2018

ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!

27 ޖޫން 2018
ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!
02 އެޕްރީލު 2018

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

02 އެޕްރީލު 2018
ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!
05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
15 ފެބުރުއަރީ 2018

އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

15 ފެބުރުއަރީ 2018
އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!
13 ފެބުރުއަރީ 2018

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

13 ފެބުރުއަރީ 2018
ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
26 ޖެނުއަރީ 2018

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

26 ޖެނުއަރީ 2018
ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
06 ޖެނުއަރީ 2018

ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

06 ޖެނުއަރީ 2018
ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟
30 ޑިސެމްބަރު 2017

2017: ސިހުން ގެނުވި މަރުތައް ގިނަ އަހަރެއް

30 ޑިސެމްބަރު 2017
2017: ސިހުން ގެނުވި މަރުތައް ގިނަ އަހަރެއް
22 ޑިސެމްބަރު 2017

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

22 ޑިސެމްބަރު 2017
ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!
16 ނޮވެމްބަރު 2017

އެސްއީޒެޑް: ހަގީގަތަކަށް ނުވި ހޮޅި އުއްމީދު!

16 ނޮވެމްބަރު 2017
އެސްއީޒެޑް: ހަގީގަތަކަށް ނުވި ހޮޅި އުއްމީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް