Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ދެ ވަނަ ލެގުގައި ވެސް ކްލަބް ބްރޫޖް ބަލިކޮށް، ބެންފީކާ ކުއާޓާ ފައިނަލަށް

އަމިއްލަ ދަނޑުގައި ބެންފީކާ އިން ކުލަބް ބްރޫޖްގެ މައްޗަށް ކުރި ހޯދީ 5-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2023 | ބުދަ 05:14
ބެންފީކާ އިން ކުލަބް ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ބެންފީކާ އިން ކުލަބް ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި ވެސް ބެންފީކާ އިން ކުލަބް ބްރޫޖް ބަލިކޮށްފި އެވެ.

މި ދެ ޓީމު ކުލަބް ބްރޫޖްގެ ދަނޑުގައި ކުޅުނު މެޗު ވެސް ބެންފީކާ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ރޭ ބެންފީކާގެ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނުކުތްއިރު ވެސް އެ ޓީމަށް ވަނީ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުވެފަ އެވެ. އަމިއްލަ ދަނޑުގައި ބެންފީކާ އިން ކުލަބް ބްރޫޖްގެ މައްޗަށް ކުރި ހޯދީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބެންފީކާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 38 ވަނަ މިނެޓުގައި ބެންފީކާ އަށް ލީޑު ނަގައިދިނީ ރަފާ ސިލްވާ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ގޮންޒާލޯ ރާމޯސް އެވެ. ދެ ވަނަ ހާފަށް ނުކުމެ ބެންފީކާގެ ތިން ވަނަ ލަނޑު ވެސް ޖެހީ ރާމޯސް އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ޖާއޯ މާރިއޯ އެވެ. އޭގެ ހަ މިނެޓު ފަހުން ބެންފީކާގެ ފަސް ވަނަ ލަނޑު ޖެހީ ޑޭޭވިޑް ނެރޭސް އެވެ. މެޗުގައި ކުލަބް ބްރޫޖްގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ބްޔޯން މެއިއާ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ލިބުނު ދެ ޓީމަކީ ޗެލްސީ އާއި ބެންފީކާ އެވެ. ގަދަ 16 ގެ ދެ ވަނަ ލެގުގެ މެޗުތައް ބުދަ ދުވަހުގެ ރޭ ވެސް ކުޅޭނެ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު