Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ތައުލީމީ ނިޒާމް

މާދަރީ ބަހުން ބައެއް ދަރިވަރުންނަށް ވާހަކަދައްކަން ނޭނގޭތީ މިނިސްޓަރުގެ ކަންބޮޑުވުން

މިނިސްޓަރ ވިދާޅުވީ، މިނިވަންކަމާ އަމިއްލަ ބަހެއް އޮތުމާ ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 މާރިޗު 2023 | ބުރާސްފަތި 13:26
ހިރިލަންދޫއަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު

ހިރިލަންދޫއަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު

މާދަރީ ބަހުން ބައެއް ދަރިވަރުންނަށް ވާހަކަދައްކަން ނޭނގޭކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ހިރިލަންދޫއަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ދާދިފަހުން ފަށާ ތައުލީމު އުނގެނޭ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވައި ސުވާލު ކުރެއްވުމުން، އެ ކުދިންނަށް ދިވެހިން ކުރާ ސުވާލު ނޭނގޭކަމަށް ސްކޫލްގެ ނާޒިރު ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެ ކުދިންނާ އިނގިރޭސިބަހުން ސުވާލުކުރެއްވުމުން އެ ކުދިންނަށް ރަނގަޅަށް ސުވާލަށް ޖަވާބުދެވުނު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ، އެ ދަރިވަރުންނަށް މާދަރީ ބަސް ނޭނގުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. "ބޭރުގެ ގޮތްތަކަށް ރޭރުވާލެއް" ބޮޑު ކަމަށާއި، ރާއްޖޭގެ ތާރީހު މާދަމާގެ ޖީލަށް ފޯރުކޮށްދެވޭނެތޯ ސުވާލުކުރައްވަން ބޭނުންފުޅުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިނިވަންކަމާ މަދަރީ ބަހާ އޮންނަ ގުޅުން ވަރަށް ބޮޑުކަންވެސް ފާހަގަކުރައްވާފައެވެ. އެއީ މިނިވަންކަން ދިފާއުކުރުމަށް ވަރަށް މުހިންމު ސިފައެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ، ދިވެހި ކުޑަކުދިންނަށް މާދަރީ ބަހުން ވާހަކަދައްކަން ނޭނގޭނަމަ، 70 އަހަރު ފަހުން ރާއްޖޭގެ މަސްރަހު އޮންނާނެ ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އެކި މާއްދާތައް މެދުވެރިކޮށް ކިޔަވާދޭ ކަންކަމަކީ މާދަމާއާ ހަމައަށް ކަންކަން ފޯރުކޮށްދޭން އޮތް މަގު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުޖުތަމައުގެ ދިރިއުޅުމާއި ދިވެހި ބަސް ކުރިއެރުވުމަށްޓަކައި މާދަމާގެ ޖީލަށް ދިވެހި ބަސް ރަނގަޅަށް ދަސްކޮށްދޭންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ގައުމިއްޔަތާވެސް ގުޅިފައިވާ ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު ބޭއްވި އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މަދަރުސާތައް ނިންމާ ދަރިވަރުންނަކީ ސައްހަ އިސްލާމްދީން މަތީ ދެމިތިބި، ގައުމުދެކެ ލޯބިވާ، ދިރިއުޅުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސް ސާލިހު އިސްކަން ދެއްވާކަމަށެވެ. އަދި ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ކަމަށްވެސް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.  

ހިރިލަންދޫ ސްކޫލުގެ މަސައްކަތްތަކާމެދު ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، އެތައް އަހަރެއްގެ އިންތިޒާރަށްފަހު ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހައްލުކޮށްދިނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން އެ ސްކޫލަށް މަލްޓި ޕަރޕަސް ހޯލެއްވެސް އަޅައިދީފައިވަނީ ރައީސް ސާލިހުގެ ޒައާމަތުގައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި 3 ބުރީގެ އިމާރާތެއް ގާއިމްކޮށްފައި ވާއިރު، އެތަނުގައި 8 ކްލާސްރޫމް ހިމެނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ލައިބްރަރީއާއި ސްޓާފްރޫމް އަދި އިދާރީ  މަސައްކަތް ކުރާ ތަނެއްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އައިޝަތު އަލީމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

10 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު