Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެއިންް ބިން ވިއްކުން

4،000 ފްލެޓުގެ މަޝްރޫއަށް ހުޅުމާލެއިން 17 ބިމެއް ވިއްކައިފި

2 މާރިޗު 2023 | ބުރާސްފަތި 02:45

ހުޅުމާލެއިން ވިއްކި 17 ބިމުގެ މިލްކުވެރިކަން މިހާރު ވަނީ ސަރުކާރަށް ލިބިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 މާރިޗު 2023 | ބުރާސްފަތި 02:45
ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ހުޅުމާލެއިން 17 ބީމެއް ވިއްކާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން މިފަދައިން ބުނީ އެކުންފުނިން ހުޅުމާލެ ފޭސް 2 އިން ވިއްކި 17 ބިމުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި 17 ބިން ވިއްކާފައިވަނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ 4،000 ޔުނިޓުގެ މަޝްރޫއު ހިންގުމަށް އެ ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.

ސަރުކާރަށް ބިމުގެ މިލްކުވެރިކަން ލިބިފައިވަނީ މަޝްރޫއު ކުރިއަށްގެންދަން ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ކޯޓު މެދުވެރިކޮށް ބިމުގެ މިލްކުވެރިކަން މިނިސްޓްރީ އޮފް ފިނޭންސްގެ ދަށަށް ބަދަލުކުރެވިފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެކުންފުނިން އިތުރަށް ބުނީ ހުޅުމާލެ ފޭސް 2 ހިއްކައި، އެކި އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިފައިވަނީ ލޯނު ނަގައި އެކި ގޮތްގޮތަށް ޚަރަދުކޮށްގެން ކަމުން، ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ދިނުމަށާއި، ވިއްކުމުގައި އަބަދުވެސް ބިމުގެ އަގު ކަނޑައެޅިފައިވާނެ ކަމަށެވެ. އަދި އަބަދުވެސް ބިމުގެ އަގު ދެއްކުމުން މިލްކުވެރިކަން މިގޮތަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

އެޗްޑީސީން ބުނީ މި ބިންތަކަކީ އިޖުތިމާއީ ބޯހިޔާވަހިކަން ތަރައްގީކުރުމަށް ބޭނުންކުރެވޭ ބިންތަކެއް ކަމުން ބިމުގެ އަގަކީވެސް މަޝްރޫއު ނިންމައި، އާންމުންނަށް ފޯރުކޮށްދޭއިރު ލުއި އަގުތަކެއް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެ ގޮތަށް ކަނޑައެޅިފައިވާ އަގުތަކެއް ކަމަށެވެ.

ހުޅުމާލެމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް